ފުވައްމުލަކު ހޯދަޑު އަވަށުގައި ސަރުކާރުން ހަދަމުންދާ ފުޓްބޯޅަ ދަނޑުގެ ޓާރފު އަޅައި ދަނޑުގެ އެތެރޭގެލައިންތައް ކުރަހައި އަދި ގޯލް 2 ބެންޗާއިއެކު ކުރިއަށް އޮތް 01 މަސްދުވަހުގެތެރޭގައި ރަށުގެ ޒުވާނުންނަށް ފުޓްބޯޅަކުޅުމަށް ދަނޑު ހުޅުވިގެންދާނެ ކަމަށް ފުވައްމުލަކު ސިޓީގެ ޔޫތު އެގްޒެކުޓިވް އަހުމަދު ތަލާލު މުހައްމަދު ވިދާޅުވެއްޖެއެވެ.

ފޮޓޯ:ޔޫތު އެގުޒެކްޓިވް އަހުމަދު ތަލާލް މުހަޢްމަދު އަދި ފުވައްމުލައް ސިޓީގެ ޑެޕިއުޓީ މޭޔަރ ޞިރާރު ޓަރފް ދަނޑުގެ މަސައްކަތް ކުރިއަށްދާާގޮތް ބައްލަވާލަނީ…

“ތަލާލު” ވިދާޅުވާގޮތުގައި މި ދަނޑަކީ ފީފާ އެޕްރޫވް ކުރާ ފެންވަރުގެ ފުޓް ބޯޅަ ދަނޑެކެވެ. ފުވައްމުލަކުސިޓީ ކައުންސިލުން ހިމަނާފައިވާ ރަށުގެ ތަރައްޤީގެ ޕުލޭނުގެ މަގުސަދު ހާސިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެތެރެއިން ރަށުގެ ޒުވާނުންނަށް އެންމެ ބޭނުންތެރި އެއްކަމެއްގެ ގޮތުގައި ރަނަގަޅު ފެންވަރެއްގެ ފުޓްބޯޅަ ކުޅޭ ޓަރފް ދަނޑެއް ހިމެނޭކަމީ އެއްވެސް ޝައްކެއްނެތި ފުވައްމުލަކުގެ ޒުވާނުން އުފާކުރާނެ ކަމެއްްކަން ޔަޤީނެވެ.

އެގޮތުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން މިއަހަރު ހިންގުމަށް ތާވަލްކޮށްފައިވާ  ވޯކްޕުލެއިންގެ ތެރެއިން އެންމެ އިސްކަމެއްދެވިގެން ރަނގަޅު ފެންވަރެއްގެ ފުޓްބޯޅަ ކުޅޭނެ ޓާރފް ދަނޑެއް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ނިމުމަކަށް އައިސްފައިވާކަން ފާހަނގަކުރެވެއެވެ.

މިކަމާއި ގުޅިގެން “ފުވައްމުލަކު ޓައިމްސް” އާއި ވާހަކަދައްކަވަމުން ޔޫތް އެގްޒެކްޓިވް އަހުމަދު ތަލާލު ބުނެފައިވަނީ ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި ދަނޑުގެ ފައިނަލް އިންސްޕެކްޝަން ނިންމާ ދަނޑުގެ ޓާރފް އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެކަމަށެވެ.

އަދި ދަނޑުގެ ސަބްބޭސް އެމްޓީސީސީން ހަދާފައިވާއިރު ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ކުރަނީ ރާއްޖޭގެ މަޝްހޫރު މިފަދަ ކަންތައްތަކުގެ އަމަލީ ތަޖުރިބާ ލިބިފައިވާ އަމީންކޮންސްޓްރަކުޝަނުންނެވެ.

މީގެއިތުރުން ވެސް ތަލާލް ފާހަގަ ކުރައްވާފައިވާގޮތުގައި މިދަނޑަކީ 111މީޓަރ ދިގު ފީފާ އެޕްރޫވް ކުރާވަރުގެ ކޮލެޓީ ހުންނަ ޓާރފް ދަނޑެކެވެ.

މި ދަނޑުގެ މަސައްކަތް ބާރު ސްޕީޑެއްގައި ނިންމުމަށްޓަކައި ދިވެހިރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ދަނީ ދަނޑުގެ މަސައްކަތް ވަރަށް ގާތުން ބައްލަވަމުންކަމަށް ފުވައްމުލައް ޓައިމްސް އަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ކުރިން ފުވައްމުލަކުގެ ފުޓްސެލް ދަނޑުތަކުގައި އަޅާފައިވާ ޓާރފް އާއި މިފަހަރު މި ދަނޑުގައި އެޅިގެންދާ ޓަރފަކީ ކޮލިޓީގެ ގޮތުން ވަރަށް ތަފާތު ޓާރފް ތަކެއްކަމަށް ތަލާލް ފާހަޤަ ކުރެއްވިއެވެ..

އަދި މިދަނޑުގެ މަސައްކަތް ނިމޭއިރު މިދަނޑަކީ ވޯލްޑް ކަޕް ފިޔަވައި ފީފާއިން އެޕްރޫވު ކުރާ ފަދަ މެޗުތައް  ކުޅޭވޭނެ ދަނޑެއްކަމަށްވެސް ތަލާލު ވަނީ ފާހަގަ ކުރައްވަވާފައެވެ.