ހަންގަޑަށް އަންނަ އެކި ބަދަލުތަކުގެ ސަބަބުން މޫނުގައި ބިއްސާ އޮށާޅަނެގުމަކީ ވަރަށް ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. މިކަމަށް ހައްލެއް ހޯދުމަށް ގިނަބަޔަކު ތަފާތު އެކި ފަރުވާ ހޯދައެވެ. ކެމިކަލް އެކުލެވޭ އެކި ބާވަތުގެ އުފެއްދުންތައް ބޭނުން ކުރުމުގެ ސަބަބުން ހަންގަޑަށް ފަހުން އެތައް ގެއްލުންތަކެއް ކުރިމަތިވެއެވެ.

ޤުދުރަތީ މާއްދާތަކުން ތައްޔާރުކޮށްފައިވާ އުފެއްދުމެއް ކަމަށްވާ ތަމަނު ތެލަކީ މިކަމަށްއޮތް ވަރަށް ފުރިހަމަ ހައްލެކެވެ. ތަމަނު ތެލަކީ މޫނުގައި ނަގާ ބިހިތަކަށް ހައްލެއް ހޯދުމަށް ފުނައޮށް ބޭނުންކޮށްގެން ޏ. ފުވައްމުލަކުގައި އުފައްދަމުން އަންނަ ތެލެކެވެ. ކޮންމެ ރަށެއްގައި ހުރެގެން ވެސް ތަމަނު ތެޔޮ ގަތުމުގެ އިންތިޒާމް އީ-ޓުކުރި ޕްލެޓްފޯމްގައި ހަމަޖެހިފައިވާކަން ފާހަގަކޮށްލަމެވެ.

8 އޮކްޓޯބަރ 2020 ގެ ނިޔަލަށް ތަމަނު ތެލުގެ ޙާއްސަ ޕޮރޮމޯޝަނެއް މޯލްޑިވްސް ޕޯސްޓްގެ އީ-ޓުކުރި ޕްލެޓްފޯމް ގައި މިހާރު ކުރިއަށް އެބަދެއެވެ. މިއީ ތަމަނު ތެޔޮ ބައްލަވައި ގަތުމަށް ލިބިފައިވާ ރަނުގެ ފުރުޞަތެއްކަމުން އަވަހަށް ތަމަނު ތެޔޮ ބައްލަވައިގަނެ ތަޖުރިބާކޮށްލަމާތޯއެވެ. އަދި ރަށްޓެއްސަކަށް ނުވަތަ އާއިލާ މެންބަރަކަށް ހަދިޔާއެއްގެ ގޮތުގައި ތަމަނު ތެޔޮ ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޯސްޓްގެ އީ-ޓުކުރި ޕްލެޓްފޯމް އިޚްތިޔާރު ކުރަމާތޯއެވެ. ޔަޤީންކަމާއި ކަށަވަރުކަމާއެކީ އީޓުކުރި ޕްލެޓްފޯމް މެދުވެރިކޮށް ބައްލަވައިގަންނަވާ މުދާ ރާއްޖޭގެ ހުރިހާ ރަށަކަށް ރައްދުކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަމާއި އިތުބާރު އީޓުކުރި ޕްލެޓްފޯމުން ދެއެވެ.

ތަމަން ތެޔޮ ތައްޔާރު ކުރަނީ ކިހިނެއް؟

ފުނަ ގަހަކީ އޭޝިޔާ ސަރަހައްދުގައި ވަރަށް ގިނައިން ހެދޭ ގަހެކެވެ. ފަސޭހައިން ލިބެން ހުންނަ ބާވަތެކެވެ. ރާއްޖޭގައިވެސް ފުނަ ގަސް ހުންނަ ރަށްރަށް މަދެއް ނޫނެވެ. ފުވައްމުލަކުގައި ގިނަ އަދަދެއްގެ ފުނަ ގަސް ހެދިފައިވާކަން ފާހަގަކޮށްލެވެ. 

މި ތެޔޮ ހަދަމުން ދަނީ ފުނަ ގަހުގެ މޭވާގެ އޮށް ބޭނުންކޮށްގެންނެވެ. މި ތެލަކީ އެތައް އަހަރެއް ކުރިންވެސް ދިވެހިން ބޭނުން ކުރަމުން އައި ތެލެކެވެ. ވަކިން ހާއްސަކޮށް ބޭސްވެރިކަމަށެވެ.

މިތެޔޮ އުފައްދަމުން އަންނަ ފުވައްމުލަކު ޒުވާނެއްކަމަށްވާ މުހައްމަދު އަފްރާހް (ހަނިމާ) ބުނިގޮތުގައި، މި ތެޔޮ އުފައްދަނީ ފުނަ އޮށް ހިއްކައިގެންނެވެ. މި ތެލަކީ ބިހިތައް ނައްތާލުމަށާއި ކުރީގައި ބިހިނަގާފައިވާ ތަންތަނުގައި އުފެދިފައިވާ ލަކުނުތައް ފިލުވައިދިނުމަށް އެހީތެރިވެދޭ ތެލެކެވެ. މީގެ ތިން އަހަރުކުރިން އަފްރާހް (ހަނިމާ) މާކެޓަށް ނެރުނު މިތެލަކީ ވަރަށް ގިނަ މީހުން ބޭނުން ކުރާ މަޤުބޫލު ތެލެކެވެ. ތަމަނު ތެލަކީ ހަމުގެ އެކިއެކި ފަރުވާއަށް އޮތްހައްލެކެވެ. އެގޮތުން

އޮށާޅަ

 • އޮށާޅަ ނަގަނީ ހަމުގެ ފަށަލަތަކުގެ ތެރޭގައި އުފެދޭ ބެކްޓީރިޔާގެ ސަބަބުންނެވެ. ތަމަނު އޮއިލް ގައި ހިމެނޭ އެންޓި- އޮކްސިޑަންޓް މައްދާގެ ސަބަބުން ބެކްޓީރިއާ މަރާލާ، އޮށާޅަ ނައްތާލުމާއެކު ހަން އޮމާންކޮށް ރީތިކޮށް ދެއެވެ.

ލަކުނު ފިލުވުމަށް

 • ދުވަސްވެފައި ހުންނަ ލަކުނު ފިލުވުމަށް މުއްދަތު ނެގުމަކީ އެކަށީގެން ވާކަމެކެވެ. ތަނަމު ތެލޮގައި ހިމެނޭ މާއްދާތަކުގައި ސްކިން ރިޖަނަރޭޓް ކުރުމުގެ ބާރު މަތީ ދަރަޖައަކަށް ހިމެނުމުގެ ސަބަބުން ހަމުގައި ހުންނަ ލަކުނުތައް އަވަސް މުއްދަތެއްގެ ތެރޭގައި ފިލުވައި ދެއެވެ.

ސޯރިއަރސިސް

 • ސޯރިއަރސިސް އަކީ ހަންގަޑު ހިރުވުމަކާއެކު ރަތްވެ ބައެއްފަހަރު ހަންގަޑު ތޮށިވެ، ތަންތަން ކޮޅަށް ނުވަތަ މުޅިހަމަށް ފެތުރިގަތުމުން ދިމާވާ ބައްޔެކެވެ.  
 • ތަމަނު އޮއިލްގައި ހިމެނޭ އެންޓި-ބެކްޓީރިއަލް މާއްދާގެ ސަބަބުން ސޯރިއަރސިސް އަށް ފަރުވާކުރެވެއެވެ.

އެކްޒީމާ

 • އެކްޒީމާ އަކީ ފަންގަސް އަދި އެކިކަހަލަ މައްސަލަތަކާހެދި ހަމަށް ދިމާވާ ބައްޔެކެވެ.
 • ތަމަނު އޮއިލް އަކީ އެކްޒީމާ އަށް ފަރުވާ ލިބިދޭ ބޭހެކެވެ. ސައިޑް އިފެކްޓު ނުހިމެނޭ މި ތެޔޮ ދުވާލަކު މަދުވެގެން ދެފަހަރު ބޭނުން ކުރުމުން މިބަލިން މުޅިން ސަލާމަތް ކޮށްދެ އެވެ.

ފާރު ހިއްކުމަށް

 • ތަމަނު ތެލުން ހަން މަށައިގެން ގޮސްފައިވާ ތަންތަނާއި ހަންގަޑު ކަނޑައިގެން ގޮސްފައި ހުންނަ ތަންތަނުގެ އިތުރުން ފަނިފަކްސާއާއި ދޫނިސޫފާސޫފި ފަދަ އެއްޗެތި ދަތް އަޅާފައިވާ ތަން ތަނަށް ފަރުވާ ލިބިދެއެވެ.
 • ތަމަނު ތެލުގައި ހިމެނޭ އެންޓި- އިންފްލިމަންޓަރީ، އެންޓި ބައޯޓިކް އަދި އެންޓި އޮސިޑަންޓް މާއްދާ ތަކުގެ ސަބަބުން ހަމުގައި އުފެދޭ ފާރަށް ފަރުވާ ލިބިދެއެވެ.
 • ފަންގަސް އަދި ސްކިން ރޭޝަސް އާއި އިރުގެ ގަދަހޫނުންގެ ސަބަބުން އުފެދޭ ފާރަށް ވެސް ފަރުވާ ލިބިދެއެވެ.

ހިރުވުމަށް

 • ތަމަނު އޮއިލް ގައި ހިމެނޭ ޚާއްސަ މާއްދާ ތަކަކީ ހަމުގެ މައިގަނޑު ތިން ފަށަލައަށް އަސަރު ކުރުވާ އެއްޗެއް ކަމުން ހިރުވުމުގެ މައްސަލައަށް ފަރުވާ ހޯދުމަށް އެންމެ ރަނގަޅު ނަންބަރު 1 ތެލަކީ ޤުދުރަތީ މާއްދާތަކުން އުފައްދާފައިވާ ތަމަނަ ތެލެވެ. 
 • މިތެލުގައި ހިމެނޭ މާއްދާ ތަކުގެ ސަބަބުން ހަމުގެ ބޭރާއި ހަމުގެ އެކިއެކި ފަށަލަތަކުގެ
 • ތެރޭގައި އަށަގަންނަ ބެކްޓީރިއާ މަރާ ލައެވެ. 

ރޫ ފިލުވުމަށް

 • ތަމަނު ތެލަކީ މޫނުގައި ހުންނަ ރޫފިލުވުމަށާއި ޒުވާންކަން ދެމެހެއްޓުމަށް ޒަމާނުސެރެ ބޭނުން ކުރަމުން އަންނަ ތެލެކެވެ. މި ތެޔޮ ގަވާއިދުން ބޭނުން ކުރާނަމަ މޫނުގައި ހުންނަ ރޫފިލުވައިދީ ޒުވާންކަން ދަމަހައްޓައިދެއެވެ.

މޫނުގައި ހުންނަ ވަޅުތައް ފިލުވުން

 • ބިއްސާއި އޮށާޅައިގެ ސަބަބުން މޫނުގައި ވަޅު ހެދިފައިވާނަމަ، ތަމަނު ތެލުން މިކަން ކަމަށް ހައްލު ލިބިދެއެވެ.
 • މޫނުގައި އުފެދޭ ކަޅުލަފުތައް ބޮޑަށް ފެތުރެނީ އަތްވަށް ނިކުންނަ ހިސާބުންނެވެ. 
 • ތަމަނު ތެޔޮ ގަވާއިދުން ބޭނުން ކުރާނަމަ މަހެއްހައި ދުވަސް ތެރޭގައި ލަފުތައް ފިލާދެއެވެ.