ސެޕުޓެންބަރ2020 ވަނަ ދުވަހު ފުވައްމުލަކު ސިޓީކައުންސިލް އިދާރާގައި ފުވައްމުލައް ސިޓީ ކައުންސިލާއި ގއ. އަތޮޅު ކައުންސިލުން ގުޅުން ބަދަހި ކުރުމުގެ ބައްދަލުވުމެއް ބޭއްވި މަޝްވަރާކުރެވުނު ކަންކަމުގެ އަމަލީ މަސައްކަތްތައް ފެއްޓެވުމައްޓަކައި ފުވައްމުލަކު ސިޓީކައުންސިލްގެ އިސްބޭފުޅުން ހިމެނޭގޮތަށް ވަނީ ގއ.އަތޮޅަށް ގޮސްފައެވެ.
އެގޮތުން މިދަތުރުގައި މީގެ ކުރިން އެއްބަސްވެފައިވާ ގިނަ ކަންކަމުގެ އަމަލީ މަސަތްކަތްތައް މިހާރު ފެށިގެން ކުރިއަށް ދާކަމަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ޑިރެކްޓަރ އަހުމަދު ނިޖާހު މަޢުލޫމާތުދެއްވި އެވެ.

އެގޮތުން އިއްޔެ ކުރިއަށް ދިޔައީ ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒު ފުވައްމުލައް ސިޓީ ގޮފި އާއި ގދ.ފިއޯރީ ކައުންސިލް ގުޅިގެން ގދ.ފިއޯރީގައި ކުރިއައް ގެންދިއުމައް ހަމަޖައްސަވާފައިވާ ޖަމާޢަތްތެރިކަމުގެ ކޯސް ރަސްމީކޮށް ފައްޓަވައިދެއްވުމެވެ. މިިކޯހުގައި ކިޔަވާދެއްވާނީ ފުވައްމުލަކުގެ މުދައްރިސުންނެވެ.
އޭގެތެރެއިން މިއަދު ކުރިއަށް ގެންދެވުނު ހަރަކާތަކީ ވެސް ފާހަގަ ކޮށްލެވޭ ހަރަކާތެކެވެ. އެއީ ގއ.ގެމެނެފުށީގައި ސިސްޓަރ އައިލެންޑްގެ ނަމުގައި ބޭއްވުނު ކޮންފަރެންސެވެ. މި ކޮންފަރެންސަކީ މައިގަނޑު 8 ދާއިރާއެއް އިތުރަށް ކުރިއެރުވުމަށްޓަކައި ދެ އަތޮޅުގެ ކައުންސިލުން އެކުލަވައިލި އެއްބަސްވުންތަކެއް ހިމެނޭ ކޮންފަރެންސެކެވެ.
މީގެ އިތުރުންވެސް ހުވަދު އަތޮޅު  އުތުރުބުރީ އަތޮޅު ކައުންސިލާއި ފުވައްމުލަކު ސިޓީ ކައުންސިލުން، ސިސްޓަރ އައިލެންޑް ކޮންފަރެންސްގައި ބައިވެރިވި ގއ. ރަށްތަކުގެ ރަށު ކައުންސިލްތަކުން ސޮއިކުރި ފަހުމްނާމާގެ ޚާއްސަ ރަސްމިއްޔާތުގައިވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިދަތުރުގެ ބައިވެރިންގެ ޚަރަދުތައް ކުރައްވަނީ އެބޭފުޅުންގެ އަމިއްލަ ޚަރަދުގައިކަމަށް ސިޓީ ކައުންސިލުން ވަނީ މައުލޫމާތު ދެއްވާފައެވެ. އަދި މި ދަތުރުގައި ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ސައީދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ ކުރިއެރުމަށް ގިނަ މަސައްކަތެއް ދަނީ ކުރަމުންނެވެ.