ފުވައްމުލަކުގައި ޅެން ،މަދަހަ، ލަވަ، ހަދަން ދަސްކޮށްދޭ ކޯހެއް ފެށުމަށް އިއުލާން ކޮށްފިއެވެ.

އީސާ އޮންލައިން ޕޮއެޓްރީގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ މި ކޯސް ހިންގަނީ އަންނަ އޮކްޓޫބަރ 04 ފެށިގެން 08 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޯސް ހިންގަނީ އޮންލައިން ކޮށެއް ނޫނެވެ. ޓީޗަރ ފުވައްމުލަކަށް އައިސް އެވެ. އަދި މިކޯހުގެ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ. ސީދާ ހިލޭ ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ކޯހުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 9922668، އަދި 9585110 ނަމްބަރު ފޯނަށް ގުޅުމުން ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

މި ކޯހުގައި ކިޔަވާދެއްވަނީ އީސާ ޝަރީފެވެ. އީސާ ޝަރީފަކީ ޅެންވެރިކަމާއި މުނިފޫހިފިލުވުގެ ދާއިރާގައި ގިނަދުވަހު އުޅުއްވާ ތަޖުރިބާ ލިބިވަޑައިގެން ހުރި ބޭފުޅެކެވެ. މި ކޯސް ސްޕޮންސާ ކޮށްފައިވަނީ ރޯސް ލައިންގެ ފަރާތުންނެވެ.

އަދި ފުވައްމުލަކު ސްކޫލްތަކަށް އަމާޒުކޮށްގެން ޅެން، މަދަހަ، އަދި ލަވަ ހެދުމުގެ އޮންލައިން ކޯހެއް ވަރަށް އަވަހަށް ކުރިއަށްދާނެ ކަމަށް ކޯސް ފުވައްމުލަކުން އިންތިޡާމް ކުރާ އިސްފަރާތް ކަމުގައިވާ ޝިމްލާ އިބްރާހިމް ވިދާޅުވިއެވެ.