އިންސްޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސްގެ ނައިބު ރައީސްގެ މަޤާމަށް ހަސަން މުހައްމަދު އިންތިޚާބު ކޮށްފިއެވެ.
ހަސަން މުހަޢްމަދު އިންތިޚާބު ކުރީ އިންސްޓިޓިއުޓްގެ ކައުންސިލް މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ.
ހަސަން މުހަޢްމަދު އިންތިޚާބު ކޮށްފައި ވަނީ 04 އަހަރުގެ ދަޢުރަކަށެވެ. އިންސްޓިޓިއުޓްގެ ރައީސަކީ އޮޑިޓަރ ޖެނެރަލްއެވެ. އެމަޤާމަކީ ޤާނޫނުން އޮޑިޓަރ ޖެނެރަލް ރައީސަކަށް ހުންނަންޖެހޭކަމަށް ކަނޑައަޅާފައިވާ މަޤާމެކެވެ.
ހަސަން މުހަޢްމަދަކީ ކުރޯ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރެވެ. އަދި އެކައުންޓިން ދާއިރާގަ 20 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.