މަންތާއިން ދިވެހި ކެބިން ކުރޫން ތަމްރީނު ކުރުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މަންތާއިން ހާމަ ކުރާ ގޮތުގައި މި ތަމްރީން ޕްރޮގްރާމް ކުރިއަށް ދާނީ އޮންލައިންކޮށެވެ. ރާއްޖޭގެ ކޮންމެ ރަށަކުންވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އަދި މިއީ ފައުންޑޭޝަން ސްޓޭޖުގެ ޕްރޮގްރާމެކެވެ. މި ތަމްރީން ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރ 10 ވަނަ ދުވަހުން ފެށިގެން އޮކްޓޫބަރ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޯހުގެ ފީއަކީ 4500ރުފިޔާއެވެ. އަދި ދެ އިންސްޓޯލްމެންޓަކަށް ބަހާގެންވެސް ދެއްކިދާނެއެވެ. މިގޮތަށް ދެއްކުމުން ކޯހުގެ ފީއަށް ދައްކަންޖެހެނީ 5200ރުފިޔާއެވެ.

އެޕްލިކޭޝަން ލުމުގެ ސުންގަޑިއަކީ އޮކްޓޫބަރ 05 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޯހުގައި ބައިވެރިވުމަށް ތިރީގައިމިވާ ލިންކަށް ފިތާލުމުން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

https://forms.gle/EQcShdnAd2JvygXSA