ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އުމުރުން 36 އަހަރުގެ ފިރިހެނަކު ފުވައްމުލަކުން ހައްޔަރުކޮށްފިއެވެ.

މި ފިރިހެންމީހަ ޖިންސީ ގޯނާ ކޮށްފައިވަނީ އުމުރުން 5 އަހަރުގެ އަންހެންކުއްޖަކަށެވެ.

މި މައްސަލަ ޕޮލިހަށް ހުށަހަޅާފައިވަނީ ސިއްޚީ ފަރުވާދޭ މަރުކަޒަކުން ކަމަށް ޕޮލިހުން މަޢުލޫމާތު ދެއްވައެވެ.

ޖިންސީ ގޯނާ ކުރިމީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ރެއެވެ. މި މީހާ ވަނީ ޝަރީއަށް ނިމެންދެން ބަންދުކޮށްފައެވެ. ފުލުހުން ވަނީ މިކަން ” ފުވައްމުލައްޓައިމްސް”އަށް ކަށަވަރުކޮށްދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.