ފުލުހުންގެ ވަޒީފާ އަދާކުރަމުން ދިޔަ ޒުވާން ފުލުހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

ފުލުހުންގެ އިދާރާއިން މިކަން ހާމަކޮށް ވިދާޅުވެފައި ވަނީ، ނިޔާވީ ޕޮލިސް ސާޖެންޓް، ޝުޖާއު އަދްދާން ކަމަށެވެ. އުމުރުން 36 އަހަރުގެ ސާޖެންޓް އަދްދާނަކީ ހއ. ދިއްދޫ އަށް ނިސްބަތްވާ ބޭފުޅެކެވެ.

ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ވަނީ ސާޖެންޓް ޝުޖާޢު (2100) އަށް ހެޔޮ ދުޢާކޮށް އާއިލާ އާއި ރަހުމަތްތެރީންނަށް ކެތްތެރިކަން މިންވަރުކޮށްދެއްވުމަށް އެދި ދުޢާކޮށް ތަޢުޒިޔާ ފޮނުވާފައެވެ.

ސާޖެންޓް ޝުޖާޢު ނިޔާވެފައި ވަނީ ރޭގެ ވަގުތެއްގައި ދިއްދޫގައެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.