ފުވައްމުލައް ސިޓީ ކައުންސިލާއި ގއ. އަތޮޅު ކައުންސިލް ބައްދަލުކޮށް މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަޝްވަރާ ބައްދަލުވުމަކީ ދެ ކައުންސިލް މެދުގައި ގުޅުން ބަދަހިކޮށް ދެ ކައުންސިލް ގުޅިގެން ކުރެވެން ހުރި ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރުމެވެ.
ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައި މިއަދު ބޭއްވުނު މިބައްދަލުވުމުގައި ގއ.އަތޮޅު ކައުންސިލް ގެ އިސްބޭފުޅުން ނާއި ފުވައްމުލަކުސިޓީ ކައުންސިލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
. މިބައްދަލުވުމުގައި މި ދެއަތޮޅު ކައުންސިލުގެ ގުޅުން ބަދަހިކުރުމުގެ ގޮތުންނާއި ކައުންސިލް ހިންގުމުގެ ކަންކަމާއި ގުޅޭ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައި ވެއެވެ.
ފުވައްމުލައް ސިޓީ އާއި ގއ. އަތޮޅާއި ދެމެދު ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށާއި ފުވައްމުލައް ސިޓީގައި ލޯކަލް ޓޫރިޒަމް އިތުރައް ފުޅާކޮށް ތަރައްގީ ކުރާނެ ގޮތްތަކާއި ބެހޭގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ.

ފުވައްމުލަކުގައި 1000 އެނދު ތަރައްގީކުރުމަކީ ރައީސްގެ ވައުދެކެވެ. ގުދުރަތީ ގޮތުން ލިބިފައިވާ ރީތިކަމާއި ފުރިހަމަކަމާއި،ރަށުގެ ތުނޑި އާއި ކުޅި ފަދަ ތަންތަން މާރކެޓްކޮށްގެން ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރެއްވުމައް ރަށުގެ ސިޓީ ކައުންސިލުން އަބަދުވެސް ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ފުވައްމުލަކު ސިޓީކައުންސިލުން ދެއްވާ ޔަގީންކަމަކީ ރައްޔިތުންގެ ހުވަފެންތަކުގައި ސަރުކާރުން ހަޤީގީ ކުލަ ޖައްސައިދޭނެ ކަމެވެ. އެހެންކަމުން މިރަށު ރައްޔިތުންނަށް އޮތީ އުއްމީދީ ދުވަސްތަކެކެވެ.