ފުވައްމުލަކުގައި ޤައިމުކޮށްފައިވާ ނަރުދަމާ ނިޒާމަށް ސީރިއަސް މައްސަލަތަކެއް ދިމާވެފައިވާތީ އެކަން ހަޢްލުކުރުމަށްޓަކައި “މާލޭ ވޯޓަރ އެންޑް ސެވެރޭޖް” ކުންފުނީގެ ފަރާތުން ސީރިއަސް ސާރވޭތަކެއް ކުރަން ފަށައިފިއެވެ.

އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ (ހަސަން ޝާހު) އިސްވެހުންނަވާ ކުރައްވާ މި ސާވޭ ކުރަންފަށާފައިވަނީ މިއަދުއެވެ. ސާވޭ ކުރައްވަނީ އެމްޑަބުލިއުއެސްސީ އާއި ފެނަކަ ކޯޕަރޭޝަންގެ އިތުރުން ފުވައްމުލަކު ސިޓީކައުންސިލް ގުޅިގެންނެވެ.

Image may contain: one or more people, people sitting, screen, laptop, office, table and indoor
photo: A meeting was held lastnight with Gn.Fuvahmulah council to discuss utility infrastructure developments in the island. Managing Director Hassan Shah and Executive team members participated in this meeting. ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލާއި “އެމްޑަބުލިއުއެސްސީގެ”އެމްޑީ ހަސަން ޝާހު އަދި އެގުޒެކުޓިވު ޓީމް މެންބަރުން ފުވައްމުލަކުގެ އުމްރާނީ ތަރަޢްޤީ އާއި ގުޅޭގޮތުން އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގެ ތެރެއިން

އެމްޑަބުލިއުއެސްސީގެ މެނޭޖިން ޑައިރެކްޓަރ ހަސަން ޝާހު “ފުވައްމުލައްޓައިމްސް”އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ “އެމްޑަބުލިއުއެސްސީގެ ފަރާތުން ނަރުދަމާއަށް ދިމާވެފައިވާ މައްސަލަ ސާވޭ ކުރަނީ ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހަޢްމަދު ސޯލިހް އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ފުވައްމުލަކުގެ މަޖުލިސް މެންބަރުންގެ އެދިލެއްވުމުގެ މަތިންކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސް ވަރަށް ސީރިއަސް މަޢްސަލައެއްގެ ގޮތުގައި ފުވައްމުލަކު ނަރުދަމާގެ މައްސަލަ ދެކިވަޑައިގަންނަވާކަމަށް ޝާހު ވިދާޅުވިއެވެ.

ފޮޓޯ: އެމްޑަބުލިއު އެސްސީގެ އެމްޑީ (ހަސަން ޝާހު) ފުވައްމުލަކު ޑެޕއުޓީ މޭޔަރ(މުހައްމަދު ލިރާރު) އަދި ފެނަކަ ކޯޕަރޭޝަންގެ ޑައިރެކްޓަރ (އަތުހަރު ހަލީމް) ނަރުދަމާ ނިޒާމުގެ މައްސަލައާއި ގުޅިގެން ރައްޔިތުންގެ ހިޔާލު ހޯދުމުގައި…

ނަރުދަމާއަށް ދިމާވެފައިވާ މައްސަލަ ސާވޭ ކުރުމަށްޓަކައި އަމަލީގޮތުން ބައިވެރިވެ ވަޑަިގަންނަވަނީ އެމްޑަބުލިއުއެސްސީގެ ތަޖުރިބާކާރު ބޭފުޅުންނެވެ. އެގޮތުން ތަޖުރިބާކާރުންގެ މަސައްކަތް ނިންމާ ފާހަޤަ ކުރެވޭ ކަންތައްތައް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓެއްގެ ސިފައިގާ ހުށަހެޅޭނެކަމަށް ޝާހު ވިދާޅުވިއެވެ. އަދި ދާއިމީ ހައްލެއް ހޯދުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެކަމަށްވެސް ޝާހު ވިދާޅުވިއެވެ.

ޝާހު އިތުރަށް ވިދާޅުވިގޮތުގައި ފުވައްމުލަކު ނަރުދަމާ ނިޒާމަށް ދިމާވެގެން އުޅޭ މައްސަލައަކީ ބެލެވޭ ގޮތުގައި އިންޖިނިއަރިންގ މައްސަލައެކެވެ. އެގޮތުން މައިގަނޑު 3 ކަމެއް ފާހަޤަ ކުރެވިފައިވެއެވެ. ސިސްޓަމް އޯވަރލޯޑް ވުމާއި، ވޯޓަރ އިންޓްރޫޝަންގެ އިތުރުން ، ވޯޓަރ ސްޓޯމް، ފެންފަށަލަ، އަދި ގޭބިސީތަކުގެ ދިޔަދޮވި ސީދާ ނަރުދަމާއަށް ގުޅިފައި ހުރުން ހިމެނެއެވެ.

ދުނިޔޭގެ އެކުސްޕާޓުން ބުނާގޮތުގައި ފުވައްމުލަކުގައި ޤާއިމުކޮށްފައިވާ ސިސްޓަމަކީ ވަރަށްވެސް ކޮލިޓީ ސިސްޓަމެއް ކަމަށް ޝާހު ވިދާޅުވިއެވެ. ނަމަވެސް ފުރިހަމަ މެއިންޓެނެންސް އަދި ކޮލިފައިޑު މީހުން ނެތުމަކީ މިފަދަ ސިސްޓަމެއް ފެއިލް ވެދާނެ ކަމެއްކަމުގައި ޝާހު ވިދާޅުވިއެވެ.

ފޮޓޯ: ނަރުދަމާ ނިޒާމުގެ މައްސަލައާއި ގުޅިގެން އެމްޑަބުލިއުއެސްސީގެ އެމްޑީ ހަސަން ޝާހު އަދި އެގުޒެކުޓިވު ޓީމުގެ ބޭފުޅުން ފުވައްމުލަކު ފެނަކަ އޮފީހުގެ އިސްވެރިންނާއި އެކު ބޭއްވި ބައްދަލުވުން

ފުވައްމުލަކު ނަރުދަމާގެ މަސައްކަތް ކުރަމުން ދިޔައިރުވެސް އަދި ޑިފެކްޓް ލައިބިލިޓީ ޕީރިއަޑު ނުނިމެނީވެސް ފުވައްމުލަކު ނަރުދަމާއަށް މައްސަލަ ދިމާވެފައި ހުރިކަން ވަނީ ފާހަޤަ ކުރެވިފައެވެ. ޑިފެކްޓް ލައިބިލިޓީ ޕީރިއަޑުގަވެސް “ސިއެރާ” ކުންފުނީގެ ފަރާތުން އޭރުވެސް ދިއައީ ބައުސަރ ބޭނުންކޮށްގެން މެނުއަލްކޮށް ޖަންކުޝަން ހިއްކަމުންނެވެ. މި ގޮތަށް މެނުއަލްކޮށް ޖަންކުޝަންތައް ހިއްކުމުން ވަރަށް ގިނަފަހަރު މަގުމައްޗައް ނަޖިސް އެޅެއެވެ.

ފުވައްމުލަކު ނަރުދަމާގެ ނިޒާމަށް މައްސަލަ ދިމާވި ފަހުން ބައެއް ގޭބިސީތަކުގެ ފެންވަޅު ވަނީ ވަރަށް ބޮޑަށް ތަޣައްޔަރު ވެފައެވެ. މިކަމާއި ގުޅިގެން ދެންނެވި ސުވާލަަކަށް ޝާހު ވިދާޅުވީ ” ފުވައްމުލަކު ގޭބިސީތަކުގެ ފެންވަޅުގެ ފެން ތަޣައްޔަރު ވެފައިހުރި މިންވަރު ބެލުމަށްޓަކައި އެމްޑަބުލިއުއެސްސީގެ “ސީއެސްއާރު”ގެ ދަށުން ފުވައްމުލަކު ސިޓީކައުންސިލާއި ގުޅިގެން ފެން ތަހުލީލު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމުގައެވެ.

ފުވައްމުލަކު ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އަދި ފެނާއި ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ނިންމައި މި ދެ ނިޒާމް އިފުތިތާހު ކޮށްދެއްވާފައި ވަނީ 15 ސެޕްޓެމްބަރ 2018, ވަނަ އަހަރު އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ. ނަރުދަމާގެ އަމަލީ މަސައްކަތް ނިންމައި އިފުތިތާހު ކުރިއިރު ނަރުދަމާގެ ޚިދުމަށް ލިބެމުން ދިޔައީ ވަރަށް މަދު ގެ ތަކަކަށެވެ.