ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާކުުރުމުގެ ގޮތުން ސަރުކާރުން ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ފުވައްމުލައް ސިޓީގައި ހިންގާ ކަސްރަތު ޕްރޮގްރާމްގެ އާބުރެއް ފެށުމަށް ފުވައްމުލަކު އިޖުތިމާޢީ މަރުކަޒުން މިއަދު ހުޅުވާލައިފިއެވެ.

މިފަހަރު ފަށާ ކަސްރަތު ޕްރޮގްރާމުގައި މޫދު ކަސްރަތުގެ އިތުރަށް އެއްގަމު ކަސްރަތު ވެސް ހިމެނެއެވެ. އެއްގަމު ކަސްރަތު ޕްރޮގްރާމު ހުޅުވާލާފައިވަނީ ދެޖިންސްގެ މިހުންނަށެވެ. މިފަހަރުގެ ކަސްރަތު ޕްރޮގްރާމްގެ މޫދު ކަސްރަތުގެ ބައި ޚާއްސަކޮށްފައި ވަނީ ފިރިހެނުންނަށެވެ.

އާއްމުކޮށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެމީހެއްގެ ފުރިހަމަ ނަމާއި އެޑްރެސް އަދި ވައިބަރ ނަމްބަރ ހިމެނުމަށްފަހު 2020 ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުގެ 14:00ގެ ކުރިން ސިޓީ ކައުންސިލްގެ 9894858 ނަމްބަރު ފޯނަށް މެސެޖުކުރުމަށް ޔޫތު އެގްޒެކްޓިވް (އަހުމަދު ތަލާލް މުހައްމަދު) ވަނީ އެދިފައެވެ.

ފޮޓޯ: (ޕީއެސްއެމް) ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް އަދި ފުވައްމުލައް ސިޓީގެ މޭޔަރ އަބްދުﷲ ފަލާހު ޝަރީފްގެ އިތުރުން ފުވައްމުލަކު ޒުވާނުން ތަކެއް

Image may contain: text

ކަސްރަތު ޕްރޮގްރާމް ފަށާނެ ވަކި ތާރީޚެއް އަދި އިޢުލާން ކޮށްފައެއް ނުވެއެވެ.