ފުވައްމުލަކުގައި އެންމެ ފުޅާކޮށް ކާޑުގެ ބާވަތްތައް ވިއްކަމުން އަންނަ ރޯސް ލައިން ފިހާރައިން ހަނޑޫ، ހަކުރު އަދި ފުށް ގަނެގެން ސައިކަލެއް ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގައި ރޯސްލައިން ފިހާރައިން ހަނޑޫ، ހަކުރު އަދި ފުށް ގަންނަ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އަގުހުރި އިނާމު ތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް ރޯސް ލައިން ފިހާރަ ހިންގާ ރޯސް ލައިން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަޙްމަދު އަބްދުﷲ ވިދާޅުވިއެވެ.

ޖުލައި 01 އިން ފެށިގެން އޮކްޓަރބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަންގެ 1 ވަނަ އިނާމަކަށް ހުށަހަޅާފައިވަނީ 35000.00 ރުފިޔާގެ އަގުހުރި އިލެކްޓްރިކް ތިމާވެއްޓާ ރައްޓެހި ސައިކަލެކެވެ. 2 ވަނަ އަށް ހޮވޭ ފަރާތަކަށް ބައިސްކަލެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް ގިފްޓް ވައުޗަރެއް ދިނުމަށް ހަމެޖެހިފައިވާ ކަމަށް ރޯސް ލައިން ޕްރައިވެޓް ލިމިޓެޑުން މައުލޫމާތު ދެއްވިއެވެ.

ރޯސް ލައިން ފިހާރައިގެ ހޮޓްލައިން 7813434 ނަމްބަރަށް ގުޅައިގެން ކާޑުގެ ބާވަތްތަކަށް ކޮންމެ ވަގުތެއްގައިވެސް އޯޑަރު ކުރެވޭނެ ކަމަށް ރޯސް ލައިނުން މައުލޫމާތު ދެއްވިއެވެ.

ފުވައްމުލަކުގައި އެންމެ ފުޅާކޮށް އަދި އެންމެ އަވަހަށް ކާޑުގެ ބާވަތްތައް ގޭގެއަށް ގެންގޮސް ދެމުން އަންނަ ރޯސްލައިން ފިހާރައިން މިހާރު ދަޅުކާނާގެ ވަރަށް ގިނަ ބާވަތްތައްވެސް ހޯލްސޭލް ކުރެއެވެ.

މި ހުރިހާ ބާވަތްތަކެއްވެސް އިތުބާރާއެކު ފުވައްމުލަކުގެ ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ ޚިދުމަތްވެސް ދެމުން އަންނަ ކަމަށް އެ ފިހާރައިން މައުލޫމާތު ދެއްވިއެވެ.