ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މީސް މީޑިޔާގައި ފާޑުކިޔުނު ހިތަދޫ ޕޯޓް ލިމިޓެޑްގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.

އޭނާ މަގާމުން ވަކި ކުރި ކަމުގެ ސިޓީ ވަނީ އޭނާއަށް ފޮނުވާފައެވެ.

މަގާމުން ވަކިކޮށްފައިވަނީ ހިތަދޫ ޕޯޓް ލިމިޓެޑްގެ އެސިސްޓެން އޮޕަރޭޝަންސް އޮފިސަރުގެ މަގާމު އަދާކުރަމުންދިޔަ މީހެކެވެ.

އޭނާ މަގާމުން ވަކި ކުރި ކަމުގެ ލިޔުމުގައި ބުނެފައި ވަނީ، ފަހު އިންޒާރާއެކު އަޅާފައިވާ އިސްލަހީ ފިޔަަވަޅުތަކަށް އަމަލު ނުކޮށް ރައީސް ސާލިހާއި ރައީސް ނަޝީދުގެ އަބުރު ގެއްލޭގޮތަށް މީސް މީޑިއާގައި ފާޅުގައި ލިޔަމުން ދިއުމުގެ ސަބަބުން ކަމަށެެވެ.

އަދި އޭނާއަށް އެކަން ތަކުރާރުކޮށްފިނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ އިންޒާރު ކުރިން ދީފައިވާނެ ކަމަށް އެ ލިޔުމުގައި ވެއެވެ.

އެކަމާއި ގުޅިގެން އެ ޒުވާނާ ބުނެފައި ވަނީ، މިނިވަންކަމާއި އެކީގައި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންދާ ހައްގެއް ކަމަށެވެ. އަދި ރާއްޖޭގައި ވަޒީގާ އާ ބެހޭ ގާނޫނާއި ހިލާފަަށް މިއަދުން ފެށިގެން އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ

“ޖަލަށް ލިޔަސް މަރާލިޔަސް އަނިޔާ ކުރިޔަސް ހައްގު ބަސް ބުނުމައި ދުރަކަށް ނުދާނަން.”އޭނާ ބުނެފައި ވެއެވެ.