މިފަހަކަށް އައިސް ފުވައްމުލަކުގެ ފިހާރަތަކުން ބައެއް ފަރާތްތަކުން ވިޔަފާރި ކުރުމަށްފަހު ފޭކް ސްލިޕް ވައިބަރ ކުރަމުންދާކަމަށް ބައެއް ފިހާރަތަކުން މައުލޫމާތު ދެއެވެ.

މި ދުވަސްވަރަކީ ކޮވިޑް-19 އާއި ގުޅިގެން ގިނަފިހާރަތައް ބަންދުކޮށް ބައެއް ފިހާރަތަކުން ޑެލިވަރީ ކޮށްދޭ ދުވަސްވަރެކެވެ. އަދި ގިނަ ފިހާރަތަކުން މުދާ ޑެލިވަރ ކޮށްދިނުމުން ކަސްޓަމަރުން ފައިސާ ފޮނުވަނީ އިންޓަރނެޓް ބޭންކިން މެދުވެރިކޮށް ފިހާރަތަކުގެ އެކައުންޓަށެވެ. އެކައުންޓަށް ފޮނުވަމަށްފަހު ފިހާރައިގެ މޯބައިލް ފޯނަށް ސްލިޕް ވައިބަރ ކުރަނީއެވެ. މިގޮތަށް ފައިސާ ފޮނުވުމަށްފަހު މިފަހަކަށް އައިސް ބައެއް ފަރާތްތަކުން  ބޭންކް ސްލިޕް އެޑިޓްކޮށް ފިހާރަތަކުގެ އެކައުންޓަށް ފޮނުވާ ކަމުގެ ޝަކުވާ ފިހާރަތަކުން ކުރެއެވެ. މިފަދަ އެތައް މައްސަލައެއް ކުރިމަތިވެ ބައެއް ފިހާރަތަކުން ވަނީ މިމައްސަލަތައް ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ވެސް ހުށަހަޅާފައެވެ.

މިފަދަ ކަންތައްތައް ދިމާވާތީ ހުރިހާ ފަރާތްތަކުން ވެސް އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ޔަޤީންކުރުމަކީ ވަރަށް މުހިންމުކަމެކެވެ.

ވީމާ މިފަދަ ކަންތައްތަކަށް ސަމާލުވުމަކީ ހުރިހާ ރައްޔިތުންވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވަންޖެހޭ ކަމެކެވެ. އަދި މިފަދަ ކަމެއް ދިމާވެއްޖެނަމަ ވީއެންމެ އަވަހަކަށް ކަމާއި ބެހޭފަރާތްތަކަށް ހުށަހެޅުމަކީ ވަރަށް މުހިންމުކަމެކެވެ.

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގެ ފޯނުނަމްބަރަކީ ..6865013