އަންނަ އާދިއްތަ ދުވަހުން ފެށިގެން ވިޔަފާރި ރަޖިސްޓްރީ ކޮށްދިނުމުގެ ހިދުމަތް ދޭން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

އެ މިިނިސްޓްރީން ނެރުނު އިއުލާނެއްގައި ވިދާޅުވެފައި ވަނީ، އެ މިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް އަންނަ އާދީއްތަ ދުވަހުން ފެށިގެން ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް ފޯރުކޮށްދެމުންދާނެ ކަމަށެވެ.

އަދި ވިޔަފާރިއާގުޅޭ ޚިދުމަތްތަކަށް އެދުމަށް ހުށަހެޅޭނީ، މި މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް business.egov.mv ނުވަތަ އީމެއިލް އެޑްރެސް company@trade.gov.mv މެެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ވިދާޅުވެވެފައި ވެއެވެ.

ޚިދުމަތްތަކުގެ ތަފްޞީލު

1- ވިޔަފާރި ނަން ފާސްކުރުން

2- ވިޔަފާރި ނަން ރަޖިސްޓްރީކުރުން

3- އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުން

4- ކުންފުނި ރަޖިސްޓްރީކުރުން

5- ކޯޕަރޭޓް ޕްރޮފައިލް ޝީޓް ދޫކުރުން

6- ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިކުރުން

7- ލޯގޯ ރަޖިސްޓްރީކުރުން

8- ސީލް ރަޖިސްޓްރީކުރުން

9- ޓްރޭޑްމަރކް ރަޖިސްޓްރީކުރުން

10- ވިޔަފާރި ޙަރަކާތް ރަޖިސްޓަރީކުރުން

11- ކުންފުނި / ޕާރޓްނަރޝިޕް އުވާލަން ހުށަހެޅުން

12- ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރީކުރުން

މީގެ އިތުރުން، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 14:00 އަށް މިނިސްޓްރީގެ ލައިވް ޗެޓް އަދި ކޯލްސެންޓަރ 1691 މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދެމުންދާނެ ކަަމަށް އެ މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ބަންދުކޮށްފައިވާ މި ދުވަސްކޮޅުގައި ގިނަ ހިދުމަތްތައް ދެމުން ގެންދަނީ އޮންލައިންކޮށެވެ.