މާލެ ސިޓީން ކޮވިޑް-19 ފެނުމާއި ގުޅިގެން މާލެ ސިޓީ ފުރަބަންދުކޮށްފައިވާ މި ދަނޑިވަޅުގައި އެލް މޯބައިލް އިން ޑެލިވަރީ ހިދުމަތް ފަށައިފިއެވެ.

އެލް މޯބައިލުން އިން ބުނީ، މާލޭގައި ހިންގަމުންދާ އެ ކުންފުނީގެ ފިހާރަތަކުން މިހާރު ޑެލިވަރީ ހިދުމަތް ދެމުންގެންދާނެ ކަމަށާއި، އެލް މޯބައިލް އިން ގަންނަ ތަކެތި ގެންގޮސް ދޭނީ ގްރައުންޑް ފްލޯއާއި ހަމައަށެވެ.

އެލް މޯބައިލް އިން ޑެލިވަރީ ހިދުމަތް ދެމުން ގެންދާނީ މާލެ އާއި ހުޅުމާލެއަށެވެ. އަދި ގުޅުއްވަން ޖެހޭ ނަމްބަރ ތަކަކީ 773648، 7565654،7995709 އެވެ.

“އެންމެންގެ ރައްކާތެރިކަމަށްޓަކައި އަޅުގަނޑުމެންގެ ކަސްޓަމަރުން ދިރިއުޅޭ އިމާރާތައް ނުވަންނާނަން. އަޅުގަނޑުމެން ތިޔަ ބޭފުޅުން ބައްލަވާގަންނަ ޕްރޮޑަކްޓެެއް ޑެލިވަރ ކޮށްދޭނީ އެ އިމާރާތެއްގެ ގްރައުންޑް ފުލޯއާއި ހަމައަށް، އަދި ކަސްޓަމަރު އެ އައިޓަމް ނެގުމުން، އަޅުގަނޑުމެން ޑެލިވަރީ ކުރެވުނު ކަން ކަށަވަރު ކުރާނަން”. އެލް މޯބައިލް އިން ބުންޏެވެ.

މި ދުވަސްވަރު އެލް މޯބައިލް އިން ތަކެތި ގަންނަ ފަރާތްތަކުން ޖެހޭނީ ބީއެމްއެލް އޮންލައިން ކާޑް ޕޭމެންޓް މެދުވެރިކޮށް ނޫނީ އެކައުންޓް ޓްރާންސްފާ ހަދައިގެން ފައިސާ ދައްކާށެވެ. މިގޮތުން ބީއެމްއެލް އަދި މޯލްޑިވްސް އިސްލާމިކު ބޭންކުގެ މުއާމަލާތްތައް ބަލާގަނެވޭނެއެވެ.

ކަސްޓަމަރުންގެ ރައްކާތެރިކަމާއި ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމަކީ އެލް މޯބައިލުން ނުހަނު އިސްކަން ދެއްވާކަމެއްކަމުގައި އެލް މޯބައިލުން ބުނެއެވެ.