އަންނަ އޭޕްރީލް މަހު 04ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ “އެމްޑީޕީ”ގެ ފަރާތުން ކެމްޕެއިންގައި ބޭނުންކުަރަމުންދާ ރަށްވެހި ޕޯސްޓަރު ހަރުކުރުން ފުވައްމުލައް ސިޓީގައިވެސް ފޯރިއާއި އެކު ކުރިއަށް އެބަދެއެވެ.

ފުވައްމުލައް ސިޓީގެ ހުރިހާ އަވަށެށްގައި ފެށި މި ހަރަކާތުގައި ފުވައްމުލައް ސިޓީގެ މަޖިލިސް މެންބަރުންގެ އިތުރުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި އެމްޑީޕީ އަށް ތާއިދުކުރާ ގިނަ އަދަދެއްގެ މެމްބަރުން ވަނީ ބައިވެރިވެފައެވެ.

ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ އިވެންޓު ފައްޓަވައި ދެއްވުމަށް ފަހު، މަޖިލިސް މެންބަރުން ވިދާޅުވީ” އަމާޒަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރުން ކަމަށެވެ. ކައުންސިލް އިންތިހާބަށް ނުކުންނަ އެމްޑީޕީގެ ކެންޑިޑޭޓުން ދަނީ ވަރަށް ފޯރީގައި ކެމްޕެއިން ކުރަމުންނެވެ.

އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ބޭނުން ކުރާ ސްލޯގަންއަކީ “ރަށްވެހި ފަތިސް”އެވެ.