ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހާއި މެދު ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަން އެނގިވަޑައިގަންނަވާ ކަމަށާއި، ރައްޔިތުން ޤާނޫނު ހަދަން ހޮއްވަވާފައި ތިއްބަވާ މަންދޫބުންނަކީ ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ވީހިނދު ފުވައްމުލަކު ދެކުނު ދާއިރާގެ މަޖިލިސް މެންބަރުގެ ހައިސިއްޔަތުން، މިހާރު ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ހުށަހަޅާފައިވާ ގޮތަށް، އަދި މުވައްޒަފުންގެ ހައްޤު ގެއްލޭގޮތަކަށް ވޯޓް ނުދޭނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާ ކަމުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މުހަޢްމަދު މުމްތާޒް ވިދާޅުވެއްޖެ އެވެ.

މުމްތާޒް މިހެން ވިދާޅުވީ ވައިބަރ މެދުވެރިކޮށް ކުރެއްވި މެސެޖެއްގައެވެ. މުމްތާޒް އިތުރަށް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖުލީހުން ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު މިހާރު ހުށަހެޅިފައިވާ ގޮތަށް ފާސް ނުކުރާނެ ކަމުގެ ޔަޤީންކަންވެސް ވަރަށް ބޮޑަށް ލިބިފައިވާ ކަމުގައެވެ.