ފުވައްމުލައް ސިޓީގެ ކޮމިއުނިޓީ ސެންޓަރ އަދި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ ޔޫތް މިކްސް ވޮލީ މުބާރާތް މުހައްމަދު ޖަމާލުއްދީން ސްކޫލުން ކާމިޔާބުކޮށްފިއެވެ.

ފުވައްމުލައް ކޮމިއުނިޓީ ސެންޓަރުގައި ރޭ މުހައްމަދު ޖަމާލުއްދީން ސްކޫލާއި އެކު ބައްދަލު ކުރީ ޑްރީމް ކިލާސް އެވެ. މިމެޗު އެމްޖޭއެސް އިން ކާމިޔާބުކޮށްފައިވަނީ، 2-3 އިންނެވެ. މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ މުހައްމަދު ޖަމާލުއްދީން ސްކޫލްގެ ވަސީމް އަހްމަދުއެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔަކީ އެމްޖޭއެސް ޓީމުގެ މުހައްމަދު އަހުމަދުއެވެ. އަދި އެންމެ މޮޅު އަންހެން ކުޅުންތެރިޔަކީ ޑްރީމް ކިލާސްގެ މަރިޔަމް ސަމާއެވެ. މުބާރާތުގެ އަންހެން އެންމެ މޮޅު 3 ކުޅުންތެރިންނަކީ، ޑްރީމް ކިލާސްގެ އާމިނަތް ނަޒީރާ، އެމްޖޭއެސް ޓީމުގެ އާމިނަތު ނަބީލާ ޖަލީލު، އަދި ފުވައްމުލައް ސިޓީ ޕޮލިސްގެ މަރިޔަމް ހަސަންއެވެ. ފިރިހެން ގަދަ 3 އަށް ހޮވިފައިވަނީ ފުވައްމުލައް ސިޓީ ޕޮލިސްގެ އަހްމަދު ސަބާހު، ޑްރީމް ކިލާސްގެ ޒިނާގު އަލީ އަދި އެމްޖޭއެސް ޓީމުގެ ވަސީމު އަހުމަދުއެވެ. މީގެ އިތުރުން 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފުވައްމުލައް ސިޓީ ޕޮލިސްގެ ފާތިމަތު މާޔާއެވެ.

މިމުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ ހަތަރު ޓީމެވެ. އެއީ މުހައްމަދު ޖަމާލުއްދީން ސްކޫލް، ޑްރީމް ކިލާސް، ފުވައްމުލައް ސިޓީ ޕޮލިސް އަދި ދަޑިމަގު ޒުވާނުންގެ ޖަމިއްޔާއެވެ.