ދިވެހިރާއްޖޭގެ ޤައުމީ ޓީމަށް ހިތްވަރު ދިނުމަށާއި އާއްމުން ދަނޑަށް ވަނުމަށް ހިތްވަރުދިނުމުގެ ގޮތުން މިއަދު ބޭއްވުނު އެކުވެރިކަމުގެ ފުޓުބޯޅަ މެޗުގައި ނައިބު ރައީސް ފައިޞަލް ނަސީމް ބައިވެރިވެވަޑައިގަންނަވައިފި އެވެ.

ޤައުމީ ދުވަހުގެ ކުޅެވުނު މެ މެޗުގައި ދަޢުލަތުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ދިވެހި ރާއްޖޭގެ މަޝްހޫރު ފުޓު ބޯޅަ ކުޅުންތެރިން ވަނީ މި މެޗުގައި ކުޅެފައެވެ.

ނައިބު ރައީސް ފައިސަލް ނަސީމަކީ ކުޅިވަރަށް އަބަދުވެސް ލޯބި ކުރައްވާ ބޭފުޅެކެވެ. އެގޮތުން އަމިއްލަ ރަށުގައި ފުޓު ބޯޅަ ދިރުވާ އާލާ ކުރުމުގެ ގޮތުން ފައިސަލް ވަނީ ގިނަ މުބާރާތްތަކެއް ބާއްވާފަ އެވެ.