ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ފުވައްމުލަކު ސިޓީ ކައުންސިލާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

މިއަންނަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ފުވައްމުލަކު ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، މި ހިނގާ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުގެ  15:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާނީ ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަނަށެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 6865013 އާއި ގުޅުއްވުމުން ލިބޭނެއެވެ.