ހިޖްރީ ސަނަތެން ކޮންމި އަހަރެކި ޝަޢޮބާން މަހި 29 ވަނަ ދުވަހަ ފާފުކަ ކެރަނީ ރޯދާށަ ހަނދޮބަލާ ދުވަހި ގޮތެ. މިދުވަހަކީ ވަރަހަ ބޮނޑޮ ދުވަހެއް. މިދުވަހަށަ ނަން ކޭނލިކަސް ރަށި އިކިހިސާބި ކޮންމިއަސް ވަރެކި ތަފާތެއް ހިށޭ. އެއްބައި ހިސާބުގަނޑި ކޭންނޭނަ މާހިފުން ދުވަހަ. މާހިފުން ދުއްވާ ދުވަހަ. މާހިފުން ދުއްވަންނަ ގެއުން.

މާހިފުން ދުއްވުމައެ މިކޭނީ މޫދެ ހަނަންނަ ގެއުން. ނުވަތަ ދެއަގަނޑި ހެނުން. މޫދެ ހަނަންނަ އޭނ ވަރަހަ ގިނަ މީހުން އެންނޭނީ މަޅޮ ފޮތްތެއް ހިފާގެން. މިމަޅޮ ފޮއްތެކީ އަށި ތިބި ދުވަސްވަރި އަށިއެ ތިނބޭ މަޅޮފޮތި. ފަހެން ގޭ ތިނބޭ ކަރައި އެނދެއި މަޅޮފޮތި ނަގާ ގެނަސް އެއްތަ . ބައެއް މީހުން އިހު މަހިގޭ ހަފާލި ދޯނި ނުވަތަ ބޮއްކޮރައި މަޅޮ ފޮތި އަސް ނަގައްތަ.  މީގެ ބޭނުމަކީ ރަޅިލިއުން. އަދި ރަޅިލިއެންނަ ގޮހޮ ތިނބޭކަލް ފަތާފޭ އެޅެއި ބޭރަހަ ގޮހޮ އެތަނި ފެތުމަސް އޮވޭ.

މާހިބުން ދުއްވުމަކީ އަސް ވަރަހަ ބޮނޑޮ ކަމެއް. މާހިބުން ދުއްވަންނަ ގާތްގަނޑަކަހަ ހުށިހައި އުމުރެކި މީހުން އެންނޭނަ. ހާލަ ހީށި ގޮތެން ނިގިއޭ މީހުނަސް ތިބެއްތަ. އާންމުކޮހޮ އަންހެން ފިރިހެން ކުދުބޮނޑޮ އެންމެނަސް މާހިބުން ދުއްވަންނަ އެންނޭނަ. އިކި މީހުންނަށް ގިއެންނޭނީ އިކި ވޭލައި. ދެއަގަނޑި ތިބެވޭ ވަގުތުގެ ކުރު ދިގިމިނަސް އިކި މީހުންނަ ތަފާތު. ޒުވާނުން ގިނަ ވަގުތު ހޭދަ ކެރަންނޭނަ އެދުވަހި ދެއަގަނޑި. އަދި އެއްބައި ހިސާބި ދޯނިފަހަރަ އަރާގެން އެޅެން ބޭރަހަ ނުކުމެ ދުއްވާ ނިހެދޭނ ފަހެނާސް ބައެއް މީހުން ހިއްހަމާސް ނިޖެހޭ.

މިފަހަކަ އެންދެކަހަ މާހިބުނ ދުއްވަންނަ އެނީ ކޮންމި އަވަށެކިއަސް ވަކި ފަންނަކަހަ. މިގޮތެން އާންމުކޮހޮ އޭ ތަންތަން ކަމުގައި ވެނީ ދޫނޑިގަމި މީހުން ބޮނޑޮފަންނަހަ، ފުނާޑި މީހުން ހާނޖޭޅެ އެޅަހަ، މިސްކިތްމަގި މީހުން މާނޭރަހަ، މާލެގަމި މީހުން ރަސްގެފަންނަހަ، މާދަޑި މީހުން ޒިޔާރަތްފަންނޮއާ ވަލިފަންނޮއާ ދޭތެރަހަ، ހޯދަޑި މީހުން އަނބުލަހަ، ދިގުވާނޑި މީހުން އަރުއްފަންނަހަ ،ދަނޑިމަގި މީހުން ދަނޑިމަގޮ ފަންނަހަ.

ކުރިއެ ދުވަސްވަރި މާހިބުން ދުއްވަންނަ އޭނކަލް ކާއެއްތެތި ގިނެއުމެއް ނިއޮވޭ. ކޮންމިއަސް ވަރަކަހަ ކައިށިއާ ހީކިމަހާޔާ ގިނެއްތަ. އޭނ ދެއަގަނޑި ގިނަވޭލާ ވީއްމާ ހަފާލުމައްޓަކައި. ފަހަކާއާހޮ ބައެއް ހިސާބުގަނޑި މީހުން މާހިބުން ދުއްވަންނަ އޭނ ކަލް ކުބުސްއާ، ބޯފޮޅިއާ، ގަބިޅި ބޯކިބައްލާ، އަލާޔާ، ހީކިމަހާޔާ، ކައިށިއާ، ގަބިޅިއާ އަދި ކޮންމިއަސް ވަރަކަހަ ގަރޮބޯ ކިބައްލާ ގަރޮފަތަފޮޅިއަސް ގިނެއްތަ. ބޮންނަ އެންމެނަސް ގިނެނީ ކުރުނބާ.

ފުވައްމޮލޮކެ އަސް މާހިބުން ދުވަހަ ފާފުކަ ކެރާނލިއް މިހިނދެ މިވެނީ ޒަމާނަހަ އާ ބަދައްލާ އެއްކޮހޮ ބަދަލްވެފޭ. މިހިނދެ މާހިބުން ދުވަހަ ފާފުކަ ކެރަންނަ ރަށި ގިނަ މީހުން އެނީ ތޫނޑަހަޔާ ބަނދަރަހަޔާ. އެހެންފަހެނާސް ކުރިއެނަސް ގޮހޮ ވޭނޑުން ފަންނު ތެކަހަ ރަށި އަނށޮ އަވަށި މީހުން ކޮންމިއަސް ވަރަކަހަ މިހިނދެއަސް އެއްތަ. މާހިބުން ދުވަހި މިޅި ތޫނޑަހަ އެތެއް ހާސް ބައެކެން ޖަމާވެއްތަ. ގިނައެން މީހުން އެނީ ޕިކަޕް ތެކެންނާ ކާރޮ ތެކެންނާ ސައިކަލް ތެކެން. ކޮންމިއަސް ވަރަކަހަ ހިނގާފޭއަސް މީހުން އެއްތަ.

މާހިބުން ދުވަހަ ފާފުކަ ކެރަންނަ ރަށެން ބޭރެ މަސައްކަތް ކެރާނ ރަށި އެތެއް ބައެކެން ރަށަހަ އަރައްތަ .އަދި ކޮންމިއަސް ވަރަކަހަ އެހެން ރަށް ރަށި ޒުވާނޫ އަސް އެއްތަ. މިހިނދެ މާހިބުން ދުވަހި އޮންނައީ މޫދަހަ އެރުންމާ އެންމެން އެއްކޮހޮ ކެއުންމާ ކުޅިވަރޮ ކެޅުންމާ މަޖާ ކެޅައުން. އާންމު ގޮތެކި ކެޅެނައީ ބޮސް، ބީޗްވޮލީ، ފުޓްބޯޅަ ފަދަ ކުޅިވަރޮތެއް. އަދި ކޮންމިއަސް ވަރަކަހަ މޫދެ ކުޅިވަރަސް ކެޅިއްތަ.

ކުރިއެންނާ ޚީލާފަހަ މިހިނދެ މާހިބުން ދުވަހި ކަންނަ ގިނޭ އެއްތެތި މިޅިލަހަ ލިކަހަ ވެނީ ބަދަލްވެފޭ. މިހިނދެއަސް ކުރިއެން ގިނޭ ލިކަހަ ކައިށިއާ މަހާޔާސް ގިނެއްތަ. އެކަމެކި އާންމު ކޮހޮ ގިނެނީ ފްރައިޑް ނޫޑުލީސްއާ، ފްރައިޑް ރައިސްއާ، ކޫނޑި ފާރޮށިއާ، ފޮނި ފާރޮށިއާ، ހެދިކާނ އެއްތެތިއާ، ޕިއްޒާއާ، ސަބްމެރިން ކަހަލަ ކާ އެއްތެތިއާ، ލުއިކާނާތެއް. ބޮންނަ ގިނެނީ ކޮކާކޯލާޔާ އެނާޖީ ޑްރިންކްސް ފަދަ އެއްތެތި. ކޮންމިއަސް ވަރަކަހަ ބާބްކިއު އަސް ބާއްތަ. އަދި ރެސްޓޯރެންޓް ތެކެނަސް ވަކި ޚާއްޞަ ކެއުން ތެކެއް ކަނޑައަޅާގެން ތޫނޑެ ސަރަހައްދި ކެއުން ބިއުމުގެ ޚިދުމައް އެދުވަހި ދެއްތަ.

މިއަހަރި މާހިބުން ދުވަހަށަ މިރަށޮ މިއޯތީ ވަރަހަ ބޮނޑަހަ ތައްޔާރޮވެފޭ . ރަށެން ބޭރެތީ ރަށި ވަރަހަ ގިނަ ބައެކެންނާ އެހެން ރަށްރަށި ޒުވާނުން ރަށަހަ ބާޔަ. ނުންފަހެނާ އައުމުގެ މަގޮ މައްތެ ތީބީ. އަދި މިހިނދެ މާހިބުން ދުވަހި ތޫނޑު ފެނޭކަލް ސިފަވެނީ އެމެރިކައި ހަވާއީ ބީޗްހެން

މާހިބުން ދުވަހަކީ ޘަގާފާތް ދަމަހައްޓަންނާޔާ ޢާއިލީ ގުޅުންމާ ރަހްމަތްތެރިކަމި ގުޅުން ބަދަހި ކެރަންނަ ކެރާނ ކަމަކަހަ ވޭނކަލް މިކަމި އިސްރާފު ކުދުކޮހޮ އިސްލާމްދީނެ ކަނޑައެޅީފޭވޭނ ހުދޫދެ އެތެރެ މިކަން ކެރުން އެންމެ ބުއްދިވެރި ގޮތަކީ. 

ކޮންމިއަކިސް ކުރިއެއާ މިހިނދެއާ މާހިބުން ދުވަހަ ފާފުކަ ކެރާނ ގޮތް ތަފާތު ވީފަހެނާސް އެއްކަމެއް އެއްގޮތް ތިއަވޭނ. އެކަމަކީ ކުރިއެއަސް މާހިބުން ދުއްވުމައެ މިކޭނީ މޫދެ ހެނުމަހަ. ހަމައެގޮތަހަ މިހިނދެއަސް އެކަން ކެރައްތަ. އެކަން ކެރުމުގައި ހަމައެއްވިޔަސް ތަފާތެއް ނެއް.

މިމައޮލޫމާތު ދެއްވީ ފުވައްމޮލޮކެ ކުރިއެ ބޮނޑޮ ކަތީބު އަލްފާޟިލް މުޙައްމަދު ވަޙީދު އަޙްމަދު