ރަމްޟާން މަހަށަ ދިވެއްސުން މިކޭނީ ރޯދަމަހަ. އެމަހަކީ މިޅި މައްސަރި ރޯދަ ހިނފާ މައްސަރަކަހަ ވެންނަހެދީ. ހަމައެހެންމެ ރޯދަ މަހަކީ ވަރަހަ މުހިއްމު މައްސަރައް ކަމަހަ ބަލާގެން ރޯދާށަވޭނ ވަރަހަ ގިނަ ތައްޔާރޮ ތެކެކިސް އޮވޭ. މިހިނދެއަސް މިޒަމާނިއަސް ރޯދަމަހަށަ ތައްޔާރޮވުން ވަރަހަ ބޮނޑަހަ އޮވޭ. އެކަމެކި މީގެ ކުރިއެ ދުވަސް ތެއްކާ މިހިނދެއާ އެ ތައްޔާރޮވުންތެއް ވަރަހަ ތަފާތު. އެތަފާތު ވެންނަ ފެށީއެކީ މިވެނި ހިސާބަކުން ފެށީގެނައެ ބެނަންނާސް ތަންކެޑައް އުނދަގުލް. އެކަމެކިއަސް އަފުން ހަނދާނަހަ ވީކަލް މިރަށި އެކަންތެތި އޮންނާގޮތް ކޮންމިއަސް ވަރަކަހަ ބަދަލް ވެންނަ ފެށީ މީގެ ފަންސާސްހަކަށް އަހަރޮ ކުރިއެންހެން. އެބަދަލްތެއް އާއީ އެއް ދުވަހަކުން ދެ ދުވަހަކުން ނޫން . މަޑުމަޑުން ބަދަލް ވެމުން ބަދަލް ވެމުން އެނީ. އެބަދަލް އެންނަ ދިމާވޭނ ސަބަބޮ ވަރަހަ ގިނަ . އޭ ދިރިއުޅުމުގެ ޙާލަތަހަ އޭނ ބަދަލް. ކަންތެއް ތެކަހަ އޭނ ބަދަލް. ގެދޮރަހަ އޭނ ބަދަލް . އެކަހަލަ ވަރަހަ ގިނަ  ސަބަބޮތެއް ހިށެގެން އެބަދަލްތެއް މިއެނީ .

އަފުން ހަނދާނަހަ ވީކަލް މިރަށި ރާވާފޭ ތިނބޭ ގޭގޭ ވަރަހަ މަދޮ. އަދި ރާވާފޭ ތިނބޭ ގޭގޭއަސް ގޭތެރެ ތެޅުން އެޑާފޭ ތިނބޭ ގޭ ވަރަހަ މަދޮ. އެއްވިއަސް ގޭކި ތެޅުން ގަޑި ތާށި މޭށި ޖަހާފޭކި ނިތިބޭ. ތެޅުން އެޑާފޭ އޮންނާ ގޭއަށް ފަހެނާސް ތެޅުން ގަނޑެއް އޮންނާނ ހިނީ. އަދި އޭގެ މައްތެ ތެޅުންގަނޑި އެޑާ ވޭންނާ ތަރަފާލް ތެކެކިސް ނިއެޑައްތަ. ތެޅުންގަނޑޮ ރިވެތިކޮހޮ ފޮޑާފޭ ސާފުކޯފޭ އޮނާހިނީ. އާންމުކޮހޮ ހުށިހައި ގޭކިއަސް ގޭތެރެހަ ވަރަހަ ރިވެތިކޮހެ ވޭލި އެޑާފޭ އޮންނާހިނީ. ރާއްދެތެރެ މީހުން ކަށިވޭލިއައެ ކޭ ވޭލަހަ މިރަށި މީހުން ކޭނީ ހަމަވޭލި. ވޭލިއެ އެކަމެކި އެކި ތަނަހަ އެޑާ ވޭލަހަ ނަން ތަފާތު ކޮހެ ހިށޭ. އޭ އެށެތެކެއި ބޮނޑޮ ކުދު މިން ތަފާތު ވެނީ  ކަމަހަ ބެލެވެނީ . މިސާލަކަހަ ބޭރެގޭ ވޭލި، މާވަލްގޭ ވޭލި، ބަދިގެ ވޭލި. ދެން ގޭގެށަ އެޑަންނަ މިރަށި މީހުން ނަނގާ ވޭލި ނަގަންނޭނީ މިރަށި އަތިރެ ވަކި ދިމާކުން. މިރަށަކީ ގުދުރަތީ ގޮތެން އުފެދުމުގައި ވަރަހަ ތަފާތު ރަށެއް. އޭ ހަމައެކަނި ރަށިގެ ފަސްގަނޑޮ އުފެދީފޭ އޮތްގޮތް އެކަޱެ ކިއަސް ނުން. ރަށި އަތިރެ ތިނބޭ އެއްތެތިއަސް، ގޮނޑޮދަށި ތިނބޭ އެއްތެތިއަސް ވަރަހަ ތަފާތު. ރަށޮވަށާގެން އަތިރެ އަތިރެން ހިނގާލުންމާ އެކަން ވަރަހަ ބޮނޑަހަ ފާފުކަ ވެންނެ. މިބެނީހެން ގޭގެށަ އެނޑާވޭލި ވަކި ވައްތެރެކި ރިވެތި ވޭލި ލައްވެނީ ހަމައެކަނި ރަށި ފެހުން ކެޑެއި އަތިރިހަ. އޭ ރަށި ފެހުން ކެޑެއި، އެހެން ގޮތަކަހަ ބެނާ ފަހޭނ އިރި ދެކުނެ ކެޑެއި އޮންނާ ކެޑެމޫލެ ފަރޮ. އެފަރެން ކަމުގައި ވެނީ ރަށި ގޮނޑޮދޮށަހަ އޭނ ހުށިހައި ގަލައްކާ އަކިރައްކާ ވޭލައްކާ ހުށިހައި އެއްތަކިސް ރަށަހަ އެނީ. އެކަމެކިއަސް އެއެއްތެތި ގޮނޑޮދޮށޮހަ ބެހީގެން އެނީ އެކި ދިމާތެކަހަ އިކި ލިއްލިކަހަ. އޭގެތެރެން މިބެނާހެން ގޭގެށަ އެނޑާ ރިވެތި ވޭލި ހުށިހައި ދުވަހެކިއަސް ތިބެންނެނީ ރަށި ފެހުން ކެޑެއި ހެރަހަމައްތެ ތިބެފޭ ކޮންމިއަސް ވަރަކަހަ އިރިމައްތެ ބިތެން ތަންކެޑައް ބޮޑޮ ސަރަހައްދަކަހަ ދެމީގެންއޭ. އޭނ ކަލަސް އާހޮ ގާތްގަނޑަކަހަ ދޫނޑިގަން އަވަށޮ ހުސްވޭނ ހިސާބަހަ މައިގަނޑޮކޮހޮ އެނީ . ބައެއް ފަހަރޮ މާލެގެމަހަސް ކޮންމިއަސް ވަރަކަހައޭ. އެހެން ނުންފަހެނާ އެވޭލި ހަމަ ގިނައެން ތިބެންނޭނީ ރަށި ފެހުންކެޑެއި ގޮނޑޮދަށި އަތިރެ. އެހިސާބު ގަނޑަހަ ކޭނ އެކި ނަންނަމަސް ތިބޭ. މިސާލަކަހަ ދެވަޑޮކާ، ދަށިއަޑި، މިކަހަލަ ބައެއް ނަން. ކޮންމެއަކިސް ވޭލި އަރޮވަންނައޭ މީހުން އެކަންކަން ފާފުކަ ކެރައްތަ. އެންމެ ގިނަ ދުވަހި އެންމެ ރިވެތި ވޭލި ތިނބޭ ތަންތަން ފާފުކަ ކޯގެން އެތަން ތަނެން ވޭލި ނަގަންނޭނީ. ބެނަންނަ މިވޭންނާ އެއްތަކީ ގޭގެށަ ވޭލި އެޑުމަކީ ވަރަހަ ބޮނޑަހަ ގޭތެރެ ޒީނަތްތެރި ކެޅައުމުގެ ގޮތެން އިހު މީހުން ސަމާލްކަން ދެރެގެން ކެރަމުން އާ ކަމަކައެ.

ރޯދާށަ ގޭގޭ މަރާމާތު ކެޅައުމަސް އޮންނާހިން. ގޭއެކަނި އެކިއައް ނޫން. ގޭއާ، ބަދިގެއާ، އޮލިގެއާ. އެކަލް ބަދިގެއަސް ހިންނާހިނީ ގޭއާ ވަކިއެން. އާންމުކޮހޮ ބަދިގެ ތިބެންނޭނީ ގިނަ ގޭގޭ ބަދިގެ ބިތެ ތޮށަލި ދަމާފޭ ފަނެން ހިޔަލްކޯފޭ ހީށަސް ބައެއް ރިވެތިކޮހޮ އެޑާފޭ ތިބޭ ގޭގޭ ބަދިގެ ހިންނާހިނީ ފެށިއެން ބިތް ގަތާފޭ ފަނެން ހިޔަލްކޯފޭ. އޭވަރަހަ ރިވެތިކޮހޮ އެޑާފޭ ތިނބޭ ގޭގޭ ބަދިގެ ހިންނާގޮތް. އެމަންޒަރޮ މިހިނދެ ނިއަސް ފެނެންނެން ކަން ނިއެނގެ. ކޮންމިލިކަށް ވިއަސް އެދުވަސްވަރި ގޭއާ ބަދިގެއާ އަދި އޮލިގެއާ ރޯދާށަ މަރާމާތުކެރާ ތަންތަން. އޮލިގެއަކީ ދަރޮލާފޭ ތިނބޭގޭ. ރާއްދެތެރޭ ރަށްރަށި މީހުން ކޭނީ ދަރޮގެ ކަން ނިއެނގެ. ކޮންމިއަކިސް އޮލިގެ އަސް މަރާމާތުކޯފޭ އޮލިގެށަ ރޯދާށަ ދަރޮލާފޭ ހަދައްތަ. ބަދިގެ މަރާމާތުކޯފޭ ބަދިގެ އުދުންނާ އެއްތެތި އަލްކޯފޭ ބަދިގެ އެތެރެ ބާނ ތެލި ތާސް ބާންނަ ހަދާފޭ ތިނބޭ ދެރަން އެއްތެތި އަލްކޯ އެކަންކަން ކެޅައުމަސް އޮންނާހިން . ގޭތެރަހަޔާ ބަދިގެށަޔާ އަލްވޭލި އެޑުން އޮންނާހިން. މިހުށިހައި ކަމި އެތެރެން އެންމެ ކުރިއެން އެންމެ ގިނަދުވަހަ ކުރިހާލާވާ ތައްޔާރޮ ވެންނަ ފަށާނ ކަމަކީ ވޭލީ އެރޮއުން. އޭ ކުރިއެނަސް ބެނީ ލިކަހަ ގެށަ އެޑަންނަ ބޭނުންވޭނ ވޭލި މިތިބެނީ ވަކި ހިސާބެކި. އެހެންވީއްމާ އެތަނެން ވޭލި ބޭނުން ވަރަކަހަ ބޭނުން ވަގުތެކި ލިބެނީ އައްނުން. ގޮނޑޮދަށި އޭ ތިބެނީ. އެހެންވީއްމާ ދެއަގަނޑޮ ހިކީފޭ އޮންނާ ވަގުތެގޮހޮ އޭ އަރޮވަނީ އުހުފާގަނޑޮ މައްތަހަ. އަރޮއާ ފުނިފުނި ޖަހަންނޭނީ. ދެން ގޭގެށަ އުހުލަނީ. ދެން ވޭލި ތިބޭނ ހިސާބޮއާ ގާތި އަވަށި އަވަށި މީހުންނަ ތަންކެޑައް ފަސޭހަ. އޭއާ ދުރެ އަވަށި މީހުން މިސާލާކަހަ ދަޑިމަގި މީހުން އާންމުކޮހޮ ގާޑިއައެން ވޭލި އުހުލަންނޭނީ. ދަޑިމަގޮ ނުނަސް ދިގުވާނޑޮ، ހޯދަޑޮ، މާދަޑޮ، މާލެގަން، މިސްކިތްމަގި މީހުނަސް ގާޑިއައެން ނުންފަހެނާ ވޭލި ނިއުހުލެންނޭނަ. އެކަމެކި ދޫނޑިގަމި މީހުން ބޮލެ ޖަހާގެން ގޭގެށަ ވޭލި އުހުލައްތަ. އެހެން އަވަށޮ ތެކެކި މީހުންނަ އެގޮތަކަހަ އެކަން ނިވެންނެން. އެހެންވީއްމާ ވޭލި އެރޮވުމަކީ ވަރަހަ ކުރިއެން ލާވާކެރާނ ކަމެއް. ރޯދާށަ ތައްޔާރޮވުމުގެ ގޮތެން ވޭލި އެޑަންނަ ބޭނުން ވެންނެން ގޭދޮރޮ ތިބި ހުށިހައި އިމާރާތްތެކަހަ. ގޭތެރަހަ، ނިވައްދަށަ، ބަދިގެށަ، އިނދޯލިގެށަ، މީވޭލި އެޑާ ތަންތަން. ވަރަހަ ގިނަ ގޭގޭ، ގޭއާ ވަކިއެން އިނދޯލިގޭއަސް ހިންނާހިން. ގޭ، އިނދޯލިގޭ، ބަދިގެ، އޮލިގެ މިޢިމާރާތްތެކަކީ އާންމުކޮހޮ ގޭގޭ ތިބޭނ ތަންތަން. އެހެންވީއްމާ އެތަންތަނަހަ އެޑަންނަ ވޭލި ތައްޔާރޮ ކެޅައުންމާ އެކީ ކުރިއެން މިބެނީ ލިކަކަހަ ގޭ މަރާމާތު ކެޅައުމުގެ މަސައްކަތަސް ހިނގަމުން އެންނެން.

ޜޯދަމަހަ ކަވެރިވޭނ ވަރަކަހަ ކަންތެތި ގިނަވޭ. މިސާލަކަހަ، އެކަލް ހުށިހައި ގޭކި ލިކަހަސް ތިބެންނޭނީ އެނދެ އެނދެއި މަދިރިގެ ދަމާފޭ. އަދި ގޭގޭ މާބޮޑެއް ނިވެންނެން. އާންމުކޮހޮ އާދައިގެ ގިނަ ގޭގޭ ހިންނާހިނީ ގޭތެރެއި ދެ އެނދެ. އޭ މެދެ އެނދެއާ އެތެރެބުރި އެނދެ. އެތެރެބުރި ވަކި ކެޅައުމަށްޓައިއަސް ފޮތިގަނޑެއް ދަމާފޭ ހިންނާހިން. އެފޮތިގަނޑަކަހަ ކޭނީ މެދެފޮތި ގަނޑައެ. އެހެންވީއްމާ، މަދިރިގެއާ، މެދެ ފޮތިގަނޑޮއާ، ކަންނެއި ތެކެއި ތިނބޭނ އުރާޔާ އެއްތެތި ދޮންނަހަ ޖެހެންނެން. ދެން އެނދެ، އިނދޯލި، އަށި އަދި ބަދިގޭ ތެރެއި ތިނބޭ ހިފާ ގިނެވޭންނާ ހުށިހައި އެއްތަކިސް ވަރަހަ ރަގަޅާށަ ދޮއެ ސާފުކެރަންނޭނަ. ބަދިގޭ ތެރެއި ތިނބޭ އުނދުޅި، ދޭފަތް، ދެރަން އަދި ފިއަން އެއްތެތި އަލްކެޅައުމަސް އޮންނާހިން.

ރޯދަމަހަށަ މަދިރިގެ ދޮއުމަކީއަސް ވަރަހަ ބޮޑޮ ކަމެއް. މިޒަމާނި ލިކަހަ ދޮންނަހަ ބޭނުންކެރާނ ކުނިސާބުން އެއްތެތިއަސް އެދުވަސްވަރެކި ނިތިބެންނެން. އެހެންވީއްމާ މަދިރިގެ ބޮޑޮކޮހޮ މެލަވެފޭ ނަ
ޱި ކާފޭ ކަހަލަ ގޮތަކަހަ ތިބިފަހެނާ އަޅިފެނެއި ކައްކަންނަ ޖެހެނީ. ބޮނޑޮ ލޯގަނޑައް ކަހަލަ އެއްތަކަހަ އެޑާގެން ފެން އެޑާފޭ އާޅިއެޑާފޭ ކައްކަންނަ ޖެހެނީ. ކެއްކުންމާ ނަޱި މަރޮވެގެން އެބައޭ. ދެން ދޮންނަހަ ގިނެންނަ ޖެހެނީ އަތިރަހަ. އަތިރަހަ ގިނެގޮހޮ ދޮންވެލި ގަނޑޮ މައްތެ ތަޅާ ތަޅާފޭ ގިނެގޮހޮ ދެއަގަނޑަހަ އެރީ ދެއަގަނޑިލާ ކާއްތާ ކާއްތާފޭ މަދިރިގެ ސާފުވީއްމާ ދެން ގިނަގޮހޮ ތިބެންނޭނީ ރިވެތިކޮހޮ އާވި އަރާނ ތަނެކި ހަތަރޮ އެށި ޖަހާފޭ މަދިރިގެ ހަތަރޮކަން އައްސާފޭ ހިންނާހިން. މަދިރިގެ ތައްޔާރޮކޯފޭ ހިންނާހިނީ މަދިރިގެ މައްތެ ހަތަރޮކަން އެއްސޭނ ގޮތަހަ. މިގޮތަހަ ދަމާފޭ ދެރެއި ނުވަތަ ތިންރެއި ވެންދެކަހަ ބާފޭތިބޭ. މިހެން ބޭވުމަހަ ކޭނީ މޮޅޮކެ ލަނީއައެ. މިގޮތަހަ ބާފޭ މަދިރިގެ ނަގަނީ. އެހެން ހަދާނކަލް ބައެއް ގޭގޭ އިތިރި މަދިރިގެ ނިއަސް ތިބެންނެން. އެހެންވީއްމާ ތަންކެޑައް އުދަގުލްކޮހޮ އެކަން ކެރަންނާސް ޖެހެނީ. އެއްބައި މީހުން އެއްރެއި ބާފޭ ނަގާސް ގަންނާހިންނަ. އިތިރި މަދިރިގެއަށް އޮންނާ މީހުންނަ ގިނަރެއި ބޭވެންނޭނީ. އެކަހަލަ ހާލެކި އެކަލް ދިރީވޭޑުމުގެ ހާލަތު ހިންނައީ. ކޮންމި ގޮތައް ވިއަސް މަދިރިގެ ދޮއުމަކީ ރޯދަމަހަށަ ވަރަހަ ޚާއްޞަ ކަމެއް. ރޯދަމަހަ ކަވެރި ވީއްމާ މަދިރިގެ ދޮންނާ ހިންނަ. މެދެ ފޮތިގަނޑޮ ދޮންނާ ހިންނަ. ކަންނެއި ނުވަތަ ބާލީހެ އުރަ ދޮންނާ ހިންނަ. ދޮންނާކަލް މިބެނާހެން ކުނި ސާބުން އެއްތައް ނޭތީ، އެކަމެކިއަސް ވަރަހަ ސާފުތާހިރުކޮހޮ އެއެއްތެތި ތިބެނީ.

ރޯދާށަ ތައްޔާރޮވެމުގެ ކަންތެތި ކޭމުން އޭނކަލް އަދިއަސް ބައެއް ކަންތެތި ތިއަތީ. ކުރިއެ ބެނީގެ އޮލިގެށަ ދަރޮލާނ ވާހަކަ. އޭއަސް ރޯދަ ހިފާގެން ތިބޭނކަލް ކެއްކުމުގެ ކަންތެތިއަސް ތަންކެޑައް ފަސޭހަކޮހޮ ކެރަންނަ ބޭނުން ވެންނަ ހެދީ ކެރާ ކަންތެތި. ހަމައެލިކަހަ ގޭތިބޭނ ވާޅި، ކަތިވާޅި އެއްތެތި ހަނިލާފޭ ތީނި ކެރޮއާފޭ ހަދަންނޭނަ. މިހުށިހައި ކަމަކީ  ގާތްގަނޑަކަހަ ހަމަ ރޯދާށަ ހަނދޮ ބަލާ ދުވަހި ނުވަތަ އޭގެ ކުރިއެ ދުވަހެން ފަށާގެން ކެރަމުން އާހޮ ރޯދާށަ ހަނދޮ ބަލާ ދުވަހި ހަނދޮ ބަލާ ރެއަހަ އިރުފުހުމުގެ ކުރިއެން ކޯ ނިންމަންނަޖެހޭ ކަންތެތި.

ރޯދާށަ ހަނދޮބަލާ ދުވަހަކީ ވަރަހަ ބޮނޑޮ ދުވަހެއް. ރަށި އެކިހިސާބި ކޮންމިއަސް ވަރެކި ތަފާތެއް ހިށޭ. ބައެއް ބަސްބަހަ ކިޔުމުގައި. މިހެންވީއްމާ، އެއްބައި ހިސާބުގަނޑި ކޭންނޭނަ މާހިބުން ދުވަހަ. މާހިބުން ދުއްވާ ދުވަހަ. މާހިބުން ދުއްވަންނަ ގެއުން. އެނެއް ބައި ހިސާބި މާހިފުން ދުވަހަވެއަސް ކޭއްތަ. ކޮންމިއަކިސް އެދުވަހަކީ ވަރަހަ ގިނަ ކަންތެތި އެއްފަހަރާ ކެރަންނަ ޖެހޭނ ދުވަހެއް. އޭގެތެރެއި ގޭތެރެ ތީ ބަލްވޭލި ނެރެފޭ މެދޮއައްތަހަ ނުވަތަ ގެވަޑިއެތެރަހަ އެޑާފޭ ގޭތެރެހަ އަލްވޭލި އެޑުން. ރޯދާށަ ދޮވެ ނިނިމޭ އެއްވިއަސް އެއްތައް ތީފަހެނާ އެއެއްތައް ދޮއޮނިންމާ އިރިފުހުމުގެ ކުރިއެން ގެށަ ލިއުން.

އިރިފުހޭނ ކަލަހަ ގޭ ދިއްލެންނަ ތިބިހައި ބައްތިއަށް ދިއްލަންނަ ތައްޔާރޮކޯ، އާންމުކޮހޮ ދިއްލާ ބައްތީގެ އިތިރަހަސް ދިއްލެންނެން ބައްތި އޮތްފަހެނާ ދިއްލަންނަ ތައްޔާރޮ ކެރުން. އެރެއަކީ ވަރަހަ އަލިކޮހޮ ރިވެތިކޮހޮ ގޭ ބާންނަ ބޭނުންވޭނ ރެއެއް. އެހެންވީއްމާ ބައްތިތެއް ތައްޔާރޮ ކެރަންނޭނަ. އެކަލް އާންމުކޮހޮ ގިނަގޭގޭ ތިބެނީ ފިޅި ބައްތި. އެކަމެކި ބައެއް ގޭގޭ ހޮޅިޖެހީ ބައްތި ތިބޭ. ވަރަހަ މަދޮގޭކި ފާނޫޒު ތިބޭ. ވެށެތީބީ ވަރަހަ މަދުން. އެރެއަކީ ޚާއްޞަކޮހޮ ވެށެ ދިއްލާނ ރެއެއް. ހަތްފުކެ ދިއްލަނީއައެ ކޭއްތަ. ވެށެއި ހިންނާހިނީ ދިއްލޭނ ގޮތަހަ ހިންނައީ ހަތްފުއް. އެހަތްފުއް ދިއްލުމަހަ ކޭނީ ހަތްފުކެ ދިއްލަނީއައެ. ފިޅި ބައްތިއެ ކުރިއެން ތީބީ ވެށެކަމަހަ ވެނީ. ފިޅި ބައްތި ތައްޔާރޮ ކެރަންނަ ފެށީއަސް ދެވަނަ ބޮޑެ ހަނގެރާމި އެތެރެކަމަހަ ބެނަނީ. ކޮންމެލިކައް ވިޔަސް އެހާ ކުރިއެން ގޭގޭ ދިއްލަންނަ އާންމުކޮހޮ ބޭނުން ކެރަމުންއާއީ ވެށެ. އެހެންވީއްމާ، އެވެށެއި ކަވެރިއެ އެރެއި އޮލޮއަންނޭނަ ވެށެކާލި ކޭނ އެއްތައް. އޭހާ ވެށެކާލިއައެ ކިޔޫނީއަސް ވެށެތީ ދުވަސްވަރެން ފެށީގެން އާ ކަމަކަހަ ވެންނަހެދީ. އޭ ތައްޔާރޮކޯފޭ އޮންނައީ ގާތްގަނޑަކަހަ ކައިވަތައްވަރޮ ނުވަތަ ދެހާއްކަ އިންޗި ދިގިމިނެ ހިންނާވަރޮ ރޯ މިރިހި ދާނޑިކެޑެކި އިލޭށި ކެޑެތެކައް ޖަހާގެން. މި އިލޭށި ކެޑެތެއް ޖަހާފޭ ތިބެނީ އޭގެ ދެކެޑެ ފޭއްސާފޭ. މިރިހި ދާނޑި ކެޑެއި ދެ ފަރާތަހަ އިލޭށިކެޑެ އެއްވަރަކަހަ ނުކުމެފޭ ހިންނާ ލިކަހަ ކުދުކުރުކޮހޮ. މީގެ ދިގިމިން ހިންނާހިނީ ކޮންމި ކެޑެކިއަސް އުނިމަލެކި ދަޅިހާށަ ތަންކެޑެއް ކުދުކޮހޮ. އިލޭށިކެޑެ ދެކެޑެ ފޭއްސާފޭ ފެރެތަމަ ކުއްލާ އެތިކެޑަހަ ދިމާ ހެރަހަވޭ ގޮތަހަ އެނެކެތިކެޑެ ކުއްލަންނޭނީ. ވެށެކާލި މިރިހި ދާނޑިކެޑެއި އެކެތިކެޑަހަ ހެރަހަވޭ ގޮތަހަ އެނެކެތިކެޑެ ތަންކެޑެއް ކަވެރިކޯފޭ ޖަހާފޭ ދެން ކުދުކޮހޮ އިންޗަށް ވަރަށް ދުރުކޯލާފޭ އެނެއް ދޭތިކެޑެ ޖަހަމުންގޮހޮ އެގޮތަހަގޮހޮ ދާނޑިކެޑެ ފުރެން ދެކަހަ އިލޭށިކެޑެ ޖަހާފޭ އިލޭށި ކެޑެއި ކޮންމެ ކެޑެކި ޖަހަންނޭނީ އުނިމަލެއް. އުނިމަލި ދަޅިއެ ކެޑެއި ހިންނާ ބޮށި ނައްޓާފޭ އިލޭށި ކެޑެއި ޖަހަނީ. އެކަން ކެރަންނޭނީ އިރުފުހުންމާ ވަރަހަ ކަވެރިކޯފޭ. އެކަލް މަލް ތިބެންނޭނީ ފެޑެންނަ ފަށާފޭ. ދެން އިރިފުހުމުގެ ކުރިއެ ހުށިހައި ބައްތި އޮލޮވާފޭ އޮންނާ ތަނި ބައްތިއެ ހުޅުގަނޑި ހުޱު ނިފޯރާނ ހިސާބި ވެށެކާލި އޮލޮވަންނޭނީ.

ދެން އިރިފުހުމުގެ ކުރިއެން ތިބެންނެން ގެވަޑިއެތެރެ މީރިވަހަ ދޮއްވަންނަ ދުން އެޑަންނެން އެއްތެތި ތައްޔާރޮކޯފޭ. ދުން އެޑަންނޭނީ ދުންމޭށި ތެކަހަ ނައިށީ އަނގުރު އެޑާފޭ އޭހާ މީރިވަހަ ދޮއާނ އެއްތެތި އެޑާގެން. ދުންމޭށިގަނޑޮ ނެތްފަހެނާ ނުވަތަ ގިނަ ކެޅައުމަށްޓަކައި ވަރަހަ ބޮޑެ ކައިށިއެ ނައިށެ އެތެރަހަ ވޭލި އެޑާފޭ އޭގެ މައްތަހަ ނައިށި އަނގުރު އަނދޮވާފޭ އެޑަނީ. އިރިފުހޭނ ކަލަހަ އެހުށިހައި ކަމެއް ތައްޔާރޮވެފޭ ހިންނަހަ ވެންނޭނީ. އިރިފުހޭނ ކަލް ހިންނާހިނީ ގޭގޭ ގެވަޑިއެތެރެ އެތަން މިތަނި ދުންމޭށިގަނޑޮ ނުންފަހޭ އެއްކަލަ ދުން އެޑަންނަ ތައްޔާރޮކެޅަ ނައިށިތެއް ބާފޭ، އޭހާ ރޯކޯފޭ ތިބޭ ނައިށި އަނގުރު އެޑާފޭ، އޭހާ މީރި ވަހަ ދޮނއާ އެއްތެތި އެޑާފޭ މިޅި ގެވަޑިއެތެރެ މީރިވަހަ ދޮއްވާފޭ.

ދެން އެދުވަހަކީ ކުރިއެން ބެނީ ލިކަހަ މާހިފުން ދުއްވާނ ދުވަހަ. އެހެންވީއްމާ މާހިފުން ދުއްވުމައެ މިކޭނީ މޫދެ ހަނަންނަ ގެއުން. އެކަމެކި އިހުގެ ބައެއް އަންހެންވޭރުން ބެނާ ގޮތެން މާހިފުން ދުއްވޭނ ކަމަހަ ވެނީ ބޮތްކޮރާ ނުވަތަ ހަފާލި ދޯނިއަކަހަ އަރާގެން ގޮހޮ އެޅެން ބޭރަހަގޮހޮ ދުއްވާ ނިލަނީ ފަހެނާ މާހިފުން ދުއްވޭނ ކަމަހަ ނިވޭއައެ. މާހިފުން ދުއްވުމަކީ އަސް ވަރަހަ ބޮނޑޮ ކަމެއް. މާހިފުން ދުއްވަންނަ ގާތްގަނޑަކަހަ ހުށިހައި އުމުރެކި މީހުން އެންނޭނަ. ހާލަ އިކި ވަރަހަ އެދުވަހި ހީށި ގޮތެން ނިގިއޭ މީހުން ގޭ ތިބެންނޭނީ. އެކަމެކި ކުދު ބޮނޑޮ އެންމެން، ޒުވާނުން، މުސްކޫޅުން، އެންމެނަސް އިކިވަރަހަ އެދުވަހި މޫދެ ހަނަންނަ އެންނޭނަ. އިކި މީހުންނަށް ގިއެންނޭނީ އިކި ވޭލައި. އަދި ވަގުތަސް ހޭދަ ވެންނޭނީ. ޒުވާނުން ގިނަ ވަގުތު ހޭދަ ކެރަންނޭނަ އެދުވަހި ދެއަގަނޑި.

ދެން ހަމަ އެދުވަހަކީ ރައްކަލުންގެ ދުވަހަ. ރައްކަލުންގެ ވަންނާ ރެއައެ އެރެއަހަ ކޭނީ. އެދުވަހި ޖެހެންނެން މަރޮވެފޭވޭނ ގާތްތިމާގެ އެންމެންގެ މަހާނަ ހަވީރެ އިރިފުހުމުގެ ކުރިއެން ފޮޑަންނަ. އޭއަސް އެއްކަލަ މޫދެ ހެނުމުގެ ބައި ނިންމާލާ ކޮންމިހެނަސް ކެރަންނަ ޖެހޭނ ކަމެއް. އެކަން ކެޅައުމަށްޓަކައި ބައެއް ޒުވާނުންނާސް އޮންނާހިން އެކަން ހަވާލްވެފޭ. ދެން ޒުވާނުންގެ ތެރެއިން ބައެއް މީހުންނާ އިކި ޢުމުރުގެ މީހުން އެމީހަކުއާ އެމީހަކު ޒިންމާ އޮތް ވަރަކަހަ އެކަން ކެރަންނޭނަ. މަހާނަ ފޮޑާފޭ މަހާނާށަ ދޮންވެލިއަސް ލަންނޭނަ.

ރޯދާށަ މިހުށިހައި ތައްޔާރަށްކޯ ނިންމާލާފޭނ އެންމެނަސް ތިބެންނޭނީ ހަނދޮ ފެނުމުގެ އިންތިޒާރި. އަދި ހަނދޮ ފެނުމެން ނުވަތަ ކަންމާބޭހޭ ފަރާތެން ރޯދަ މަހަ ފެށީގޭކަން ޔަގީންކޯ ދިނުންމާ ރޯދަ ހިފަންނޭނީ.

މީ ކުރިއެ ޒަމާނި މިރަށި މީހުން ރޯދާށަ ތައްޔާރޮވެންނަ ކަންތެތި ކެނރާގޮތް. މިހިނދެ މިއާދަތެއް ވެނީ ނޭތީގެން ގޮހޮ ނުވަތަ ޒަމާންނާ އެއްކޮހޮ ބަދަލްވެފޭ.

މިމައުލޫމާތު ދެއްވީ ފުވައްމޮލޮކެ ކުރިއެ ބޮނޑޮ ކަތީބު އަލްފާޟިލް މުޙައްމަދު ވަޙީދު އަޙްމަދު